މުނިފޫހިފިލުވުން
އެމްއެފްއޭ ގެ 4 ވަނަ އެވޯޑަށް ފިލްމު ހުށަހަހަޅަން ހުޅުވާލައިފި
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ހަތަރު ވަނަ އެވޯޑްސް އަށް ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

މި އެވޯޑްސްގައި ފިލްމުތައް ބައިވެރިކުރުމަށް ދީފައިވާ ސުންގަޑިއަކީ މި މަހުގެ 27 ވަނަ ދުވަހެވެ.

މި ފަހަރު ފިލްމުތަކަށް ދެ ބަޔަކަށް ބަހާލައިގެން އެވޯޑު ދިނުމަށް ނިންމާފައިވާ އިރު، އެއްބަޔަކީ 2014-2016 އަށް ރިލީޒްކުރި ފިލްމުތަކެވެ. އަނެއް ބަޔަކީ 2017-2018 އަށް ރިލީޒްކުރި ފިލްމުތަކެވެ.

ފިލްމުތަކަށް މި ފަހަރު 28 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ވަނީ ނިންމާފައެވެ.

ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު، އަލުން އެވޯޑް ހަފުލާ ބާއްވަން ނިންމިކަން މި މަހުގެ 1 ވަނަ ދުވަހު އިޢުލާނުކުރި އިރު، އަމާޒު ހިފާފައި އޮތީ އަންނަ މަހުގެ ތެރޭގައި އެވޯޑް ހަފުލާ ބޭއްވުމަށެވެ.

އެގޮތުން މި ފަހަރުގެ އެވޯޑް ހަފުލާ އިންތިޒާމުކުރަން ބިޒްނަސް ކޮންސެޕްޓް ޕްރައިވެޓް ލިމިޓެޑް (އޭބީސީ) އާ އެވެ.

އެމްއެފްއޭ ފިލްމު އެވޯޑްސް އެންމެ ފަހުން ބާއްވާފައި ވަނީ 2014 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު