ވިޔަފާރި
ކޮވިޑް19: ބޭންކުތައް ހުޅުވާނީ ހޯމަ، ބުރާސްފަތި ދުވަހު
ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުގެ އޮފީސްތައް ހުޅުވުން އިތުރު އެއް ހަފުތާ އަށް ދިގު ދެންމުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައް އަންނަ ހަފުތާގައި ހުޅުވާނީ ހޯމަ އާއި ބުރާސްފަތި ދުވަހު ކަމަަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ. 

އެމްއެމްއޭ އިން ބުނީ މި ދުވަސްތަކުގައި އެމްއެމްއޭ އިން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތް ދޭނީ ހެނދުނު 9:30 އިން 11:30 އަށް ކަމަށާއި ވަކިލާރި ބަލައިގަތުމާ ދޫކުރުން ކުރިއަށްގެންދާނީ ހެނދުނު 9:30 އިން 11:00 އަށް ކަމަށެވެ. އަދި މި މުއްދަތުގައި އެ އޮތޯރިޓީ އަށް ސިޓީ ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރު ބަންދު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސަރުކާރު އެއް ހަފްތާ އަށް ބަންދު ކުރިނަމަވެސް އިތުރު އެއް ހަފްތާ އަށް ބަންދު ކުރަން ނިންމާފައިވާކަން ރައީސް އިއްޔެ ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ސަރުކާރު ބަންދު މުއްދަތުގައި ބޭންކުތަކުން ދޭ ބައެއް ހިދުމަތްތައް އޮންލައިން ކޮށްފައިވާއިރު ބައެއް ހިދުމަތްތައް ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވުން މަދުކުރުން ކަމަށް ވާއިރު، އެމްއެ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު