ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބޭފުޅަކު އައްޔަން ކުރައްވަންދެން އެ އިދާރާ ހިންގެވުން، ކުރިން ވެސް ހަމަޖެހިފައިވާ ގޮތުގެ މަތިން ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފާ ހަވާލުކޮށްފި އެވެ.

ކަސްޓަމްސްގެ ހިނގުން ވަގުތީ ގޮތުން ޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި ހަވާލުކޮށްފައި ވަނީ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު ނޫމާން މިދިޔަ ހަފުތާއި އަވަހާރަ ވުމާއި ގުޅިގެންނެވެ. ކަސްޓަމްސް އިން ބުނީ ކޮމިޝަނާ ޖެނެރަލް އެއް އައްޔަނު ކުރެވެންދެން އެ މުވައްސަސާގެެ ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އާ ހަވާލު ކޮށްފައިވާކަމަށެވެ.ނުއުމާން އަވަހާރަވީ ކިޑްނީ ޓްރާންސްޕުލާންޓް އޮޕަރޭޝަނަކަށް އިންޑިއާއަށް ވަޑައިގެން އުޅުއްވަނިކޮށް މިދިޔަ އަންގާރަ ދުވަހުއެވެ. ނުއުމާން ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ.އޭނާ އަވަހާރަވީ، އިންޑިއާގެ ބެންގަލޫރުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް މީގެ ހައެއްކަ މަސް ކުރިން ނުއުމާން 47، އިންޑިއާ އަށް ފުރާވަޑައިގަތުމުން ވެސް ދުވަހުން ދުވަހަށް އެ އިދާރާގެ ކަންކަން ނިންމެވުމުގައި އިސްވެ ހުންނެވީ އަބްދުﷲ ޝަރީފެވެ.