ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ރިޕޯޓް
ޙަޔާތުގެ މުޙިއްމުކަން....
އާމިނަތު ޝަޒްރާ
26 ޖޫން 2020 - 15:46
1
comments
Tweet
Telegram
ޙަޔާތެއްގެ ފެށުން އަދި ނިމުމަކީ އަހަރުމެންގެ އަތުގައިވާ ނިންމުންތަކެއް ނޫނެވެ.
އެކި މީހުންގެ ޙަޔާތުގައި ދިމާވާ ކަންތައް ނުވަތަ ދިމާވަމުންދާ ކަންތައްތައް ނުވަތަ ތަޙަމައްލުކުރަމުންދާ ވޭންތަކުގެ ވާހަކަތައް ދެއްކުމަކީ ބައެއް މީހުންގެ މިޒާޖްގައި ހުންނަ ކަންތައްތަކެއް ނޫނެވެ. ޙަޔާތަކީ ކުރު ދަތުރެކެވެ. މިދަތުރުގައި ތިމާއަށް އުފަލާއި ހިތްހަމަޖެހުން ނުވަތަ ހިތާމައާއި ވޭން ތަޙައްމަލްކުރަންޖެހޭ ޙާލަތްތައް މެދުވެރިވެއެވެ. އުފާވެރި ޙާލަތްތަކުގައި ތިމާގެ ޢާއިލާއާއި ރައްޓެހިން ނުވަތަ ތިމާގެ ގާތް މީހަކާއި އެވާހަކަތައް ނުވަތަ އެވަގުތުތައް ޙިއްސާކުރުމަކީ ތިމާގެ އުފަލުގައި އެހެން މީހުން ބައިވެރިކުރުމެވެ. ނަމަވެސް، ހިތާމަވެރި ޙާލަތްތަކުގައި ތިމާއަށް ދިމާވަމުންދާ އިޙްސާސްތައް އެހެން މީހުންނަށް ކިޔައި ދޭން ބޭނުންނުވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އެކި މީހުންނަށް ދިމާވާ ހިތާމަވެރި ޙާދިސާތައް އެހެން މީހުންނަށް ކިޔައި ދިނުމުގެ ބަދަލުގައި ފޮރުވަން މަސައްކަތްކޮށް އެހެން ގޮތްގޮތުން އެވިސްނުމާއި ދުރުވާން މަސައްކަތްތަކެއް ކުރެއެވެ. ބައެއް ފަހަރު ބައެއް މީހުން ޤަބޫލުކުރާގޮތުގައި ސިނގިރޭޓް ބުއިން ނުވަތަ މަސްތުވުމަށް ގެންގުޅޭ އެކި އެކި ބާއްވަތްތަކުގެ ތަކެތި ބޭނުންކުރުން، ނުވަތަ މިނޫންވެސް އެކި ގޮތްގޮތުން ތިމާއަށް ގެއްލުން ލިބޭ ފަދަ ތަކެތި ބޭނުންކުރުމުން އެވިސްނުމާއި ދުރުވުމަށް ލިބޭ އެހީއެއް ކަމަށް ދެކެއެވެ. ނަމަވެސް، އެއީ ކުއްހީކެވެ. ބައެއް މީހުންނަށް ތިމާގެ އިޙްސާސްތައް ނުވަތަ ތިމާ ތަޙައްމަލުކުރާ ވޭން ނުވަތަ ހިތްދަތި ދިރިއުޅުމާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން 2019 ވަނަ އަހަރުގައި ޝާއިރުކުރެވިފައިވާ 'އަމިއްލައަށް މީހުން މަރުވުމާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮންމެ 40 ސިކުންތަކުން މީހެއް އަމިއްލައަށް މަރުވެއެވެ. އަދި އެއީ އަހަރަކަށް 800،000މީހުންނެވެ. އަދި ދުނިޔޭގެ ސިއްޙަތުގެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނަރަލް، ޑރ. ޓެޑްރޯސް އަދްނަމަންއާ ވިދާޅުވާ ގޮތުގައި، 'ކޮންމެ އިންސާނެއްގެ މަރާއި ގުޅިގެން އާއިލާ، ރައްޓެހިން އަދި އެކުގައި މަސައްކަތްކުރާ މީހުންނަށް ވަރަށް ތަފާތު އަދި ހިތްދަތި ތަޖްރިބާއެއް ތަޙައްމަލު ކުރަންޖެހެއެވެ. އަމިއްލައަށް މަރުވުމަކީ ޙައްލު ކުރެވޭނެ މައްސަލައެކެވެ. މިކަމުން އަރައިގަތުމަށްޓަކައި ކޮންމެ ޤައުމަކުން ވެސް އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިދާނެއެވެ. އަދި ކޮންމެ މަރަކާއި ގުޅިގެން އިތުރު މަރެއް އައުމަކީ އެކަށީގެންވާ ކަމަކެވެ. އަމިއްލައަށް މީހަކު މަރުވާން މަސައްކަތްކުރާ ފުރަތަމަ ފަހަރަކީ އެމީހަކާއި ދޭތެރޭ އިތުރަށް ލޯބާއި އަޅާލުން އަދި ކުލުނު އިތުރަށް ދިނުމަށް މަސައްކަތްކުރަންޖެހޭ ވަގުތުކޮޅެކެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ނިސްބަތުން %20 މީހުން އަމިއްލައަށް މަރުވަނީ ކޮންމެވެސް ބާވަތެއްގެ ހަށިގަނޑެއް ގެއްލުން ލިބޭފަދަ ބާވަތެއެއް ނުވަތަ ތިމާގެ ނަފްސަށް ގެއްލުންވާ ކަހަލަ ބާވަތެއް ބޭނުންކޮށްގެނެވެ.'
ޤައުމީ ފެންވަރެއްގައި ރައްކާތްތެރެވުމަށް އެޅިދާނެ ފިޔަވަޅުތައް:
1. އަމިއްލައަށް މަރުވާން ގެންގުޅޭ ތަކެތި ނުވަތަ ބާވަތްތަކުން ދުރުވުން
2. އަމިއްލައަށް މީހުން މަރުވާ ޙަބަރުތައް މީޑިއާތަކުގައި ހަރުދާންކޮށް ގެނެސްދިނުން
3. ސްކޫލްތަކުގައި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުން
4. ރާ ނުވަތަ މަސްތުވާތަކެއްޗާއި ގުޅޭ ރަނގަޅު މަޢުލޫމާތު ހިމެނޭ ޙޭލުންތެރި ޕްރޮގްރާމްތައް ގިނަގިނައިން ބޭއްވުން
5. ކުރީ ބައިގައި ތިމާއަށް ދިމާވާ ކަންތައްތަކާއި ގުޅޭ ގޮތުން އެހެން މީހުންނަށް ކިޔައިދުނުން، ކުރީ ބައިގައި ފަރުވާ ދެވި، ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ގޮތުން ޙޭލުންތެރިވުން
6. ހެލްތް ވޯރކޯރސް ގެ އިތުރުން ނަފްސާނީ މައްސަލަތައް ދިރާސާކޮށް މެނޭޖްކުރާނެއް ފަރާތްތައް ތަމްރީންކުރުން
7. ނަފްސާނީ މައްސަލް ތަޙައްމަލު ކޮށްފައިވާ ފަރާތްތަކަށް އިތުރަށް އަޅާލައި މުޖްތަމަޢުގެ އެޙީތެރިކަންދިނުން
އަމިއްލައަށް މަރުވާން ބޭނުންވާ ފަރާތެއް ނުވަތަ ފަރާތްތަކެއް ކުރީބައިގައި ދެނެގަންނާނެ ގޮތްތައް:
1. ކަންކަންމާމެދު މާޔޫސްވާ އިރު ނުވަތަ އެކަނިވެރިކަން އިޙްސާސްކުރެވޭ ވަގުތުތަކުގައި އަމިއްލައަށް މަރުވުން މާރަނގަޅު ކަމަށް ބުނުން
2. މަސްތުވާތަކެތި މާގިނައިން ބޭނުންކުރުން ނުވަތަ ތިމާގެ ނަފްސަން ގެއްލުން ލިބޭ ތަކެތި ގެންގުޅުން (މިސާލަކަށް ވަޅިން ނުވަތަ ކަޓަރު ނުވަތަ ތަފާތު ބޭސްތަކުން ތިމާގެ ނަފްސަން ގެއްލުން ދިނުން)
3. ތިމާގެ މަރާއި ނުވަތަ މާގިނައިން މަރުގެ ވާހަކަ ނުވަތަ މަރާއި ގުޅޭގޮތުން ޅެން ލިޔުން
4. ތިމާގެ ކުރިމަގު ގެއްލިފައިވާ ކަމަށް ބުނުން
5. ތިމާއަކީ މުޖްތަމަޢަށް ނުވަތަ އާޢިލާއަށް ހުރި ވޭނެކަމަށް ބުނުން
6. ތިމާގެ ގާތްމީހުންނާއި ދިމާކޮށް މީއެންމެ ފަހުގެ ދިމާވުން ކަމުގައި ބުނުން
7. މާގިނައިން އެކަނި ވަގުތު ހޭދަކުރުން ނުވަތަ ގާތް މީހުންނާއި ވާހަކަ ދެއްކުން މަދުވުން ނުވަތަ އެއްކޮށް ދުރުވުން
8. ކުއްލި ކުއްލިއަށް މިޒާޖް ބަދަލުވުން
މަތީގައި ދެންނެވިފައިވާ ޙާލަތްތަކަކީ އަމިއްލައަށް މަރުވާން ބޭނުންވާ ކޮންމެ މީހެއްގެ ފަރާތުން ނުފެނި ދާނެ ކަންތައްތަކެވެ.
މިކަހަލަ އަލާމަތްތަކެއް ގާތް މީހެއްގެ ފަރާތުން ފެންނަ ކަމުގައި ވަނީ ނަމަ އެމީހެއް ކައިރީގައި ތިރީގައިވާ ސުވާލުތައް ކުރާށެވެ.
- ހިތާމައަކާއި ކުރިމަތިލުމުގައި ޙަޔާތުގައި ދެން އަމަލުކުރާނީ ކިހިނެއްތޯ؟
- ކަމެއް ރަނގަޅު ކުރަން މަސައްކަތަކެއް ކުރާނަށްތޯ ނުވަތަ އެއީ ތިމާއަށް އޮތް ގޮތްތޯ ކިޔާފައި ނިންމާލުން
- އެއްވެސް ވަރަކަށް އަމިއްލައަށް މަރުވާން މަސައްކަތްކުރިންތޯ ނުވަތަ ކުރާނަށްތޯ؟
- ތިމާއަށް އެއްވެސް ގެއްލުމެއް ދޭ ވިސްނަށްތޯ؟
- އެއްވެސް ވަރަކަށް ތިމާ އަމިއްލައަށް މަރުވާން މަސައްކަތްކުރިންތޯ ނުވަތަ އަމިއްލައަށް މަރުވާން ކިހިނެއްތޯ މަސައްކަތްކުރީ؟
- އަމިއްލަ ނަފްސަށް ގެއްލުންދޭ އެއްވެސް އެއްޗެއް ތިމާ ބޭނުންކުރަންތޯ؟
ސުވާލުތައް ކުރުމަށްފަހު، އެމީހާ އެއްވެސް ވަރަކަށް އެކަނިވެރި ނުކޮށް، ސިއްޙީ ހިދުމަތްތެރިންގެ އެޙީ ހޯދުން، އިޖްތިމާޢީ ހަރަކާތްތެރިންގެ އެޙީ ހޯދުން، އެއްވެސް ކަހަލަ މަސްތުވާތަކެއްޗެއް ބޭނުންކޮށްފައިވޭތޯ ބެލުން އަދި އާއިލާ މެންބަރުންނާއި ގާތް މީހުންގެ އެޙީތެރިކަން ފޯރުކޮށްދިނުން އެއީ ނަފްސެއް އަމިއްލައަށް މަރުވުމާއި ދެކޮޅަށް ނުވަތަ ޙަޔާތެއް ދުނިޔެއިން ވަކިވުމުގެ ކުރިން ތިމާއަށް ކުރެވިދާނެ ކަންތައްތަކެވެ.
ރާއްޖޭގައިވެސް މަދުން ނަމަވެސް އަމިއްލައަށް މީހުން މަރުވެއެވެ. މިއީ ތިމާއަށާއި ތިމާގެ ގާތް އެންމެންނަށް ލިބޭނެ ދެރަ ނިކަމެތިކަމެކެވެ. ކޮންމެ ފުރާނައަކީ ވެސް އެހާމެއް މުހިއްމު އެއްޗެކެވެ. ތިމާއަށާއި ތިމާގެ ގާތް މީހުންނަށް ތިމާ ބޭނުންވާ ކަހަލަ ބަސްތަކެއް އަބަދު ނީވުނުކަމުގައި ވިޔަސް، އަމިއްލަ ނަފްސު ދެއްކެ ލޯބިވާ އާދަކުރާށެވެ. ތިމާއަށް ގެއްލުން ލިބޭ އެއްވެސް އެއްޗެއް ތިމާގެ ޙަޔާތުގައި ވާނަމަ، އެކަމަކުން ދުރުވާށެވެ. މިއަދަށް ވުރެ މާދަމާ ބާއްޖަވެރިކުރަން ތިމާއަށް ކުރެވޭނީ ކޮންކަންތަކެއްތޯ އަމިއްލަ ދެނެގަނެ، އެކަނިވެރިކަން ދޫކޮށް ޢާއިލާގެ ބޭފުޅުންނާއި، ތިމާގެ މީހުންނާއި، ރައްޓެހިން އަދި އޮފީސް މީހުންނާއި އެކު ވަގުތު ހޭދަކުރާށެވެ. ތިމާގެ މަޔޫސްކަން ނުވަތަ އެކަނިވެރކަން އެކަލާނގެއާއި ޙިއްސާކޮށް މިއަދަށް ވުރެ އުޖާލާ މާދަމާއެއް ދެއްވާތޯ މަސައްކަތްކޮށް ދުޢާ ދަންނަވާށެވެ. ތިމާ ތަޙައްމަލުކުރަމުންދާ ޙިތާމަށް ނުވަތަ ވޭން އިތުބާރު ހިފޭ މީހަކާއި ޙިއްސާކުރާށެވެ. ނުރަނގަޅު އާދަކާދަތަކާއި ދުރުވާށެވެ. އަމިއްލަ ނަފްސަން އޯގާތެރިވާށެވެ. ޙަޔާތުގައި ދިމާވާ ކޮންމެ ދަތި އުނދަގޫ އިމްތިޙާނަކަށް ކުރިމަތިލައި އެއިމްތިޙާންއަކުން އިބްރަތް ޙާސިލްކޮށް، މިއަދަށް ވުރެ މާދަމާއަށް ކުރިމަތިލާން ޢަޒުމް ވަރުގަދަކުރާށެވެ. މާތް ﷲ ތިބާއަށާއި މުޅި އުޢްމަތަށް ދިމާވާ ދަތި އަދި އުދަނގޫ ޙާލަތްތަކުގައި ކެތްތެރިކަން މިންވަރުކޮށްދެއްވާދޭ.. އާމީން.
އެއްވެސް އެހީއެއް ނުވަތަ ވާހަކަ ދައްކަން ބޭނުންވާނަމަ، ހިލޭ ކައުންސިލިން ދޭ ތަންތަނުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ދަމަނަވެށި ނަންބަރު: 3318901
ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު: 3318804، 7976325
ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755، 3323860
ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691
މެންޓަލް ހެލްތް ސެންޓަރ (އައި.ޖީ.އެމް.އެޗް): 3335245
މޯލްޑިވިއަން ރެޑް ކްރެސަންޓް ނަންބަރު: 1425
ސީމާ ކެއަރ ނަންބަރު: 7901920
ކެއަރ ސޮސައިޓީ ނަންބަރު: 7290887
ބްލޫން ހާރޓްސް އޮންލައިން ޕްލެޓްފޯރމް
:
www.bluehearts.mv
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 މަސް ކުރިން
0
ވޭޕް ކުރުމުން ބޮޑެތި ޖޫރިމަނާ ކުރެވޭ އިސްލާހު ކޮމިޓީއަށް
5 މަސް ކުރިން
0
ބީއެމްއެލް އިން ބައިސްކަލް ހަދިޔާކޮށްފި
5 މަސް ކުރިން
0
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ނުދޭން އެދިއްޖެ
5 މަސް ކުރިން
0
ދުންފަތާ ދުރުކުރުމަށް ގަވައިދުތައް ރަނގަޅަށް ތަންފީޒުކުރަން ޖެހޭ: ނާޒިމް
ކިޔުންތެރިންގެ ޝުއޫރު
78%
0%
0%
22%
ފޮނުވާ
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
5 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
6 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
8 ގަޑިއިރު ކުރިން
0
އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސް މުއިއްޒުގެ ޝުކުރު
12 ގަޑިއިރު ކުރިން
0