ޚަބަރު
ޖަޕާނުގައި ހުންނަ ޑެޕިއުޓީ އެމްބެސަޑަރުގެ މަގާމަށް ކުރީގެ މެމްބަރު އަމީތު ހަމަޖައްސައިފި
ޖަޕާނަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރުގެ ނައިބުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ހަމަޖައްސައިފި އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ހިމެނޭ އަމީތަކީ މިހާރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ ކޮއްކޮ އެވެ. 

ޑެޕިއުޓީ އެމްބެސެޑަރުންނަކީ މިނިސްޓަރުންގެ ނައިބުގެ ފެންވަރުގެ މަގާމެކެވެ. ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުުންނަވާ އެމްބެސެޑަރަކީ އިބްރާހިމް އުވައިސް އެވެ. 

ނިމިދިޔަ މަޖިލީހުގެ އިންތިހާބުގައި ވެސް އަމީތު ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކޮށްފައެވެ. އެހެން ނަމަވެސް އޭނާއިން އިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. 



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު