ވިޔަފާރި
ކުކުޅު ފިހާރަ: އަށްވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފި
މާލޭގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ އީ މޯލް" އިން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ އަށްވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ. 

މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޭސްބުކްގައި ކުކުޅު ފިހާރަ އީ މޯލް އިން ވަނީ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ. އެގޮތުން އެ ފިހާރައިގެ ޕޭޖަށް "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޕްރޮމޯޝަންގެ އަށް ހަފުތާ ނިމިފައިވާއިރު، އަށް ވަނަ ހަފްތާގެ ނަސީބުވެރިއަކީ ދީންމް އެވެ. ތިން މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަން ހަފްތާގެ ނަސީބުވެރިޔާ އިއުލާން ކުރާނީ ކޮންމެ ހޯމަ ދުވަހުއެވެ.  

ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދޭނެ އެވެ. އެގޮތުން، ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. އަދި 500ރ. މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. 

އަދި "ކުކުޅު ފިހާރަ އީ މޯލް" އިން މިހާރު ވަނީ ހަތަރު ލޭޔާ މާސްކާއި ސެނެޓައިޒާ ވެސް ވިއްކަން ފަށައިފަ އެވެ. ކުކުޅު ފިހާރައިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އީ-ޝޮޕިން މޯލް ހުޅުވުމާ އެކު ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް އަގުހެޔޮކޮށް މިހާރު ލިބެ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުންޏެވެ. މިއީ ކަސްޓަމަރުންނަށް ގިނަ ތަކެތި އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ފިހާރައިން ގެނައި ބަދަލެކެވެ. 

މީގެއިތުރުން އަތޮޅު ތެރޭގައި ހުޅުވި "ކުކުޅު ފިހާރައިގެ ފުރަތަމަ ޝޯ ރޫމް" ވަނީ ނިމުނު ހަފްތާގައި އއ. ތޮއްޑޫގައި ހުޅުވައިފަ އެވެ. 

ޑެލިވަރީ ކުރަން ހުޅުމާލެ އިން ނަމަ 9666575 އަށް، މާލެއިން 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. އަދި "ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު