ޚަބަރު
އާބަންކޯގެ ފަރާތުން ކ. ހިންމަފުށީގައި އާ ޖަލެއް އިމާރާތްކޮށްފި
އަރބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރި ޖަލު - ފޮޓޯ: އާބަންކޯ
މާލެ ޖަލު މިހާރު ހުރި އިމާރާތާ އިންވެގެން އޮތް ބިމުގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އަޅާ ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުންދާތީ އެ ޖަލު ހުސްކޮށް ގައިދީން ބަދަލުކުރުމަށް އާބަންކޯގެ ފަރާތުން ކ. ހިންމަފުށީގައި އާ ޖަލެއް އިމާރާތްކޮށްފި އެވެ.

މިއީ އަރބަންކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.

އާބަންކޯއިން ބުނީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބާ އިމާރާތެއްގައި ގާއިމުކުރެވުނު މި ޖަލަކީ ރައީސް އޮފީހުގެ އެދުމުގެ މަތިން އިމާރާތް ކުރެވުނު ޖަލެއް ކަމަށެވެ. ހިންމަފުށީގައި އަލަށް އިމާރާތް ކޮށްފައިވަނީ ގާތްގަނޑަކަށް 16 ގައިދީން ބޭތިއްބޭ ވަރުގެ ހަތަރު ބްލޮކް ހިމެނޭނެ އެވެ. އަދި ގައިދީންނަށް ހާއްސަ 12 ފާހާނައިގެ ފާހާނާ ބަރިއެއް ވެސް އާބަންކޯއިން އެޅި ޖަލުގައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި އެ ޖަލު އިމާރާތް ކުރުމަށް މައި އިމާރާތުގެ ސްޓަރްކްޗަރާއި ކަރަންޓުގެ މަސައްކަތާއި ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ވަނީ ނިންމާފައިވާނެ ކަމަށެވެ.

މައިގަނޑު ގޮތެއްގައި ހުޅުމާލެ ތަރައްގީކޮށް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާ އާބަންކޯއިން ބުނި ގޮތުގައި ހިންމަފުށީ ޖަލުގެ މަޝްރޫއަކީ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ހިންގި މަޝްރޫއެކެވެ.

މަސައްކަތްތައް ނިންމާލުމަށް ފަހު ކުންފުނީގެ ފަރާތުން މިހާރު ވާނީ އެތަން ކަރެކްޝަންސްއާ ހަވާލުކޮށްފައެވެ.

އާބަންކޯގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެ ތަރައްގީކުރުމާއި، ހުޅުމާލެއަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު