
އެޗްޑީސީން ބުނީ އެޗްޑީސީގެ ނަން ބޭނުން ކުރަން ފެށީ އެއީ އެ ކުންފުންޏަށް ގާނޫނީ ގޮތުން ކިޔާ ނަން ކަމަށް ވާތީ އެއްގޮތް ކުރުމަށް ކަމަށެވެ."ރައްކާތެރި، ދެމެހެއްޓެނިވި އަދި ސްމާޓް ސިޓީތަކެއް ގާއިމްކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" އެޗްޑީސީން ބުނެފައިވެ އެވެ.ކުރީ ސަރުކާރުން، 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރުފިޔާ ޚަރަދުކޮށް އެޗްޑީސީގެ ނަން "އާބަންކޯ"އަށް ބަދަލުކުރީ ޤާނޫނީ ގޮތުން އެއްވެސް ބަދަލެއް ނުގެނެސް، ބަޔަކަށް ފައިސާދޭ އުސޫލުން ކަމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ މީގެ ކުރިން ތުހުމަތުކުރައްވައިފިއެވެ.ކުންފުންޏަށް މިވީ 23 އަހަރުގެ ތެރޭގައި، ޤާނޫނީ ގޮތުން އެ ކުންފުންޏަށް އަބަދު ވެސް ކިޔަނީ އެޗްޑީސީ ކަމަށް މިއަދު ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.