
މުސާރައާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ރައްދުގައި ފަޒުލް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އޭނަގެ މުސާރައާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރުމުގެ ބަދަލުގައި ޕްރައިވެޓައިޒޭޝަން ބޯޑު ޕީސީބީ) އިން މައުލޫމާތު ސާފުކުރި ނަމަ ރަނގަޅުވީސް ކަމަށެވެ."އެޗްޑީސީގެ މަސައްކަތް ހަރުދަނާ ކުރުމަށް އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ކުރާ މަސަައްކަތް ހަލުވި ދުވެލީގައި ކުރިއަށް ދާނެ." ފަޒުލް ވިދާޅުވި އެވެ.ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ފަޒުލް ރަޝީދު އައްޔަނުކޮށްފައި ވަނީ މިނިސްޓަރެއްގެ ފެންވަރުގައެވެ.