ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ހަދަނީ
އަލީ ރާޒީ
20 ސެޕްޓެމްބަރ 2024 - 17:27
0
comments
Tweet
Telegram
ތިލަދުންމަތި އުތުރުބުރީ އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީކުރުމަށް އެމްޕީއެލް އިން އިހަވަންދޫ ކައުންސިލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިހަވަންދޫގައި އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަހުމަދު ޟަބާޚް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހް ވިދާޅުވީ އިހަވަންދޫގައި ތަރައްޤީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މުހިންމު ބައެއް ކަމެކެވެ. އަދި އެމްޕީއެލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފެށުން ކަމަށް ވަޖީހު ވިދާޅުވި އެވެ.
"ލަސްތަކެއްނުކޮށް މިކަމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ސީއީއޯ ވަޖީހް ވިދާޅުވި އެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް ސޮބާހް ވިދާޅުވީ، އެ ރަށުގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ތަރައްގީކުރުމަކީ އެ ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ޕްރޮޖެކްޓެއް ކަމަށެވެ.
"ވަޒީފާގެ ފުރުސަތުތަކެއް ރަށުގައި އުފެދޭނެ މިކަމުން. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުން." ސޮބާހް ވިދާޅުވިއެވެ.
އިހަވަންދޫގައި ޑޮކްޔާޑާއި ސްލޮޕްވޭ ތަރައްގީކުރަނީ އުތުރު މެރިޓައިމް ސާވިސްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށެވެ. އެމްޕީއެލްއިން ވަނީ ތިލަދުންމަތި އުތުރުބުރީ އުލިގަމުގައި އައިއެސްޕީއެސް ގޭޓް ގާއިމްކޮށްފައެވެ.
އަދި އެއަތޮޅު ތުރާކުނުގައި ވޯޓާ ބަންކަރިން ހިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް ވަނީ އެ ރަށު ކައުންސިލާއެކު ފަހުނުމާއެއްގައި ސޮއިކޮށްފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
އުލިގަމުގައި ޔޮޓް މެރީނާއެއް އެޅުމަށް ހަ ފަރާތަކުން ޝައުގުވެރިވެއްޖެ
2 ދުވަސް ކުރިން
0
އުތުރު ގޭޓްވޭގެ މައި އޮފީސް ހުޅުވައިފި
4 ދުވަސް ކުރިން
0
އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރަން ނިންމައިފި
5 ދުވަސް ކުރިން
0
އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތް ފަށަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
14 ގަޑިއިރު ކުރިން
0
ބަޣާވާތުގެ ތަހުގީގު ކުރިއަށް ދަނިކޮށް ބީއެމްއެލްގެ ބޯޑު މެމްބަރު އިސްތިއުފާ ދެއްވައިފި
14 ގަޑިއިރު ކުރިން
0
އިިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ހަދަނީ
17 ގަޑިއިރު ކުރިން
0
އެންމެ މަންފާ ހުރި މީހާ
20 ގަޑިއިރު ކުރިން
0