ޚަބަރު
އިމިގްރޭޝަން ވޮޗަށް މިހާތަނަށް 840 މައްސަލައެއް
ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން އިމިގްރޭޝަނުން ތައާރަފުކުރި އިމިގްރޭޝަން ވޮޗަށް 840 މައްސަލަ މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

"އިމިގްރޭޝަން ވޮޗް" އަށް ރިޕޯޓްކުރި މައްސަލަތަކާ ގުޅޭ ގޮތުން އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 840 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 596 މައްސަލައަކަށް އެޓެންޑްކޮށްފައިވެ އެވެ. އޭގެ ތެރެއިން 70 މައްސަލައެއް ވެރިފައިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 174 މައްސަލައެއް ބަލައިނުގަންނަ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ވެސް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި؛

  • ހަށިވިއްކުމާ ގުޅޭ 50 މައްސަލަ
  • ބްލެކް މާކެޓުގައި ޑޮލަރު ވިއްކުމާ ގުޅޭ 7 މައްސަލަ
  • ޓޫރިސްޓް ވިސާއާ ހިލާފުވުމުގެ 10 މައްސަލަ
  • ބިދޭސީން ގެންނަ މީހުން ގަވާއިދާ ހިލާފުވެގެން 9 މައްސަލައެއް
  • ލިޔެކިޔުންތައް އޮޅުވާލުމުގެ 2 މައްސަލަ
  • ޑުރަގު ޓްރެފިކްކުރުމުގެ 9 މައްސަލަ
  • އިންސާނީ ވަގުފާރީގެ 7 މައްސަލަ
  • ގެއްލިގެން ހޯދާ މީހުންނާ ގުޅޭ 32 މައްސަލަ
  • ގަވާއިދާ ހިލާފަށް އެތެރެވާން އުޅޭކަމުގެ 3 މައްސަލަ
  • އެހެނިހެން 40 މައްސަލަ
އިމިގްރޭޝަން ވޮޗް ބޭނުންކޮށްގެން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް"ކޮށް ވެސް ރިޕޯޓްކުރުމުގެ ފުރުސަތު ލިބެއެވެ. މިކަމުގެ ސަބަބުން އިމިގްރޭޝަނާއި، އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިދާނެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ދެކޭ ކަމުގައި އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ފެށި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގެ ފަހުން 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު