ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ސޯލާ ހަކަތައިން އެސްޓީއޯ ކާޑު ގުދަނާއި މެޑިކަލް ގުދަނަށް ކަރަންޓު ދެނީ
އަލީ ރާޒީ
16 ސެޕްޓެމްބަރ 2022 - 11:28
0
comments
އެސްޓީއޯ ފުއް ގުދަނުގައި ސޯލާ ހަރުކޮށްފައި--- ފޮޓޯ: އެސްޓީއޯ
Tweet
Telegram
މާލޭގައި ހުންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކާޑު ގުދަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް އެ ގުދަނަށާއި މެޑިކަލް ގުދަނުގެ ބޮޑު ބަޔަކަށް ސޯލާ ހަކަތައިން ކަރަންޓު ދޭން ފަށައިފި އެވެ. މި މަސައްކަތް ކޮށްފައިވަނީ ރިނިއުވަބަލް އެނަރޖީ މޯލްޑިވްސްގެ ފަރާތުންނެވެ.
މިއީ އެ ކުންފުނީގެ "ގްރީން އިނީޝިއޭޓިވް" ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ހިންގި ޕައިލޮޓް ޕްރޮޖެކްޓެކެވެ.
މާލެ ކަޅުތުއްކަލާކޮއްޓާ އިންވެގެން ހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި އިންސްޓޯލް ކޮށްފައިވާ ސޯލާ ފެނަލްތަކުން މި ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން މިތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއް ވެސް ސޯލާ އެނާޖީން ބޭނުން ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ގުދަނުގައި ބޭނުން ކުރަމުންދަނީ ތިމާވެއްޓާ ރައްޓެހި ބެޓްރީ ފޯކްލިފްޓެވެ.
އެސްޓީއޯ އިން ބުނީ ކުންފުނީގެ އެކި އެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓް އުފެއްދުމަށް ރިނިވްބަލް އެނާޖީގެ އިތުރު ޕްރޮޖެކްޓްތައް ރޭވިފައިވާ ކަމަށެވެ. އަދި ގްރީން އިނީޝިއޭޓިވް ދަށުން އެތައް ޕްރޮޖެކްޓްތަކެއް ހިންގުމަށް ވެސް ތައްޔާރުވަމުންދާ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.
އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކާބަން އެމިޝަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތުގެ މަތިން މަސައްކަތްތައް ބަދަލުކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީއަށް 4.5 ބިލިއަން ރުފިޔާ
7 ދުވަސް ކުރިން
0
އެސްޓީއޯއިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
13 ދުވަސް ކުރިން
0
ހުޅުމާލެ އަށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން ފިހާރައެއް
1 މަސް ކުރިން
0
ރޯދަ ހަދިޔާ ދެން ދޫކުރާނީ އެސްޓީއޯ ކާޑު ގުދަނުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސަފީރުކަމަށް އައްޔަންކުރެއްވި 9 ބޭފުޅަކަށް ފަތްކޮޅު އަރުވައިފި
8 ގަޑިއިރު ކުރިން
0
އިންޑިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ހިއްސާއެއް: ފައިސަލް
8 ގަޑިއިރު ކުރިން
0
މަގުމައްޗަށް ކުނި އެޅި 185 މީހުން މިހާތަނަށް ޖޫރިމަނާ ކޮށްފި
9 ގަޑިއިރު ކުރިން
0
ޢުމްރާއަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
9 ގަޑިއިރު ކުރިން
0