ދުނިޔެ
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 35 މީހުން މަރުވެއްޖެ
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 35 މީހުން މަރުވެއްޖެ އެވެ.

ޖަޕާނުގެ މެދުތެރޭގެ އިޝިކާވާއަށް އިއްޔެގެ ވަގުތެއްގައި އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 7.5 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. މި ބިންހެލުމުގެ ސަބަބުން ބައެއް ހިސާބުތަކަށް ވަނީ ސުނާމީގެ ރާޅުތަކެއް ވެސް އަރާފަ އެވެ. އަދި މި ބިންހެލުމުގެ އިތުރުން ޖުމްލަ 80 ބިންހެލުމެއް އެގައުމުގެ އެކި ސަރަހައްދުތަކަށް އައިސްފައިވާކަން ރެކޯޑް ކުރެވިފައިވާ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.

ޖަޕާނުގެ އިތުރުން އަވަށްޓެރި ދެކުނު ކޮރެއާއަށްވެސް ސުނާމީގެ އަސަރު ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކުގައި އިޝިކާވާގެ 46،000 ގޭބިސީއަކުން ވަނީ ކަރަންޓްގެ ހިދުމަތް ވެސް ކެނޑިފަ އެވެ.

މި ހާދިސާގައި ލިބުނު ގެއްލުނުންތައް ކަމާބެހޭ އިދާރާކުން މިހާރު ވަޒަންކުރަމުން އަންނަ އިރު، ޑިފެންސް މިނިސްޓްރީން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތަކަށް އެހީވުމުގެ ގޮތުން 1،000 ސިފައިން ވެސް ނެރެފަ އެވެ.

އޭޝިއާގެ އެންމެ ކުރިއަރާފައިވާ އަދި ޓެކްނޮލޮޖީގެ ގޮތުން ވަރަށް ފާހަގަކޮށްލެވޭ ޖަޕާނަށް މާޗް 11، 2011 ވަނަ އަހަރު ވެސް ވަރުގަދަ ބިންހެލުމެއް އައިސް ސުނާމީ އަރައި 20،000 އެއްހާ މީހުން މަރުވެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު