ޚަބަރު
ނަޝީދު، ދިރިއުޅުއްވުން ވަގުތީ ގޮތުން ގާނާއަށް ބަދަލުކުރައްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުން ވަގުތީ ގޮތުން އެފްރިކާ ބައްރުގެ ގާނާއަށް ބަދަލުކުރައްވައިފި އެވެ.

ނަޝީދު މިއަދު ވަނީ ގާނާގެ ސިޓީއެއް ކަމަށްވާ އަކްރާއަށް ބަދަލުވެވަޑައިގެންނެވިކަން ސޯޝަލް މީޑިއާގައި ހާމަކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ، އެ ފޯރަމްގެ މަގުސަދުތައް ހާސިލުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ލިބި، އެ މަސައްކަތްތައް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ، މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ނަޝީދު މިވަގުތަށް ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންނެވިކަން އިއުލާން ކުރެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އޭގެ ސަބަބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމެވެ. އަދި މި މަހުން ފެށިގެން އެ ވަޒީފާ އަދާކުރައްވަން ފައްޓަވާނެ ކަމަށް އޭރު ވަނީ ވިދާޅުވެފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު