ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް ޒަރީރު
މަރިޔަމް އަނާ
26 މާޗް 2024 - 15:20
0 comments
ބީއެމްއެލް ޑިރެކްޓަރުން ބޯޑުގެ ޗެއާމަން މަގާމަށް އައްޔަނު ކުރެއްވި ޒަރީރު-- ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހަސަން ޒަރީރު އައްޔަނު ކުރައްވައިފި އެވެ.ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ ޗެއާޕާސަންގެ މަގާމަށް ޒަރީރު އިންތިހާބު ކުރީ އެ ބޭންކުގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓީން (އީޖީއެމް) އަށްފަހު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި ކަމަށެވެ.ޒަރީރު ވަނީ މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި ފައިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި އިރު، އޭނާއަކީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.ޒަރީރު ވަނީ މާސްޓާސް އޮފް ސައިންސް، ފައިނޭންސް ހާސިލްކުރައްވައިފައެވެ. އަދި އެކައުންޓިން އިން ޑިގްރީއެއް ވެސް ހާސިލް ކުރައްވައިފަ އެވެ.ރޭ ބޭއްވި އީޖީއެމްގައި ޑިރެކްޓަރުންގެ ބޯޑަށް ވެސް ވަނީ މީހަކު އައްޔަންކޮށްފައެވެ. އެއީ ގ. ސިނަމާލެ 3 35-04، އަލީ ފާރިސް މުހައްމަދެވެ.އަލަށް އައްޔަންކުރި ޑިރެކްޓަރުންނާ އެކު، މިހާރު، ބޭންކުގެ ބޯޑު ޑިރެކްޓަރުނެގެ ތެރޭގައި ހިމެނެނީ:- ކާލް ސްޓުމްކަ (ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު)
- އައިޝަތު ނޫރައްދީން
- ހަސަން ޒަރީރު
- ޖުވައިރިޔާ ސައީދު
- އަބްދުﷲ ހަސަން
- އައިޝަތު ސަޖުނީ
- އަލީ ފާރިސް މުހައްމަދު
- އިބްރާހިމް މުހައްމަދު
- އަހްމަދު މުހައްމަދު
- އަބްދުﷲ ނަސީމް
ކިޔުންތެރިންގެ ޝުއޫރު