ދުނިޔެ
އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ޖުލައި ގައި
އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ޖުލައި 4، ގައި ބާއްވަން ނިންމާފައިވާކަން އެ ގައުމުގެ ބޮޑުވަޒީރު ރިޝީ ސުނާކް އިއްޔެ އިއުލާން ކުރައްވައިފި އެވެ.

މިއީ އޮކްޓޯބަރު 2022 ގައި އިނގިރޭސި ވިލާތުގެ އެންމެ ބޮޑު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް ސުނާކް ވަޑައިގެންނެވިފަހުން، ރައްޔިތުންގެ ވޯޓަކާ ކުރިމަތިލައްވާ ފުރަތަމަ ފަހަރެވެ.

ސުނަކް މީގެކުރިން ވަނީ އިންތިހާބަކަށް ގޮވައިލަން އޮތް ޕްރެޝަރުތަކަށް ނޫނެކޭ ވިދާޅުވެ، ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވާނީ މި އަހަރުގެ މެދު ތެރޭގައި ކަމަށް ވިދާޅުވެފަ އެވެ.

"ފާއިތުވެދިޔަ ފަސް އަހަރު އިނގިރޭސިވިލާތް ވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެންމެ އުނދަގޫ ހާލަތްތަކާ ކުރިމަތިލާފައި. ނަމަވެސް ދިމާވި ހާލަތްތަކުން ވަނީ އަރައިގަނެވިފައި،" ސުނާކް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ޖެނުއަރީ، 2025 ގެ ކުރިން އިންތިހާބު ބާއްވަން ޖެހޭއިރު، ޖުލައި މަހު އިންތިހާބު ބާއްވަން ނިންމުމަކީ ގިނަ ބަޔަކު ހީކުރި ގޮތެއް ނޫނެވެ.

މި ވަގުތު އިންތިހާބަކަށް ގޮވައިލުމުގައި ސުނަކްގެ އަމާޒަކީ، އިނގިރޭސި ވިލާތުގެ އިގުތިސޯދީ ހާލަތުގެ ކޮންމެވެސް ވަރަކަށް ރަނގަޅުވެ، ތަކެތީގެ އަގު އުފުލުން ހިފެހެއްޓިފައި އޮތް ދަނޑިވަޅެއްގެ ފައިދާ ނެގުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު