ދީން
ހައްޖު ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަސް
ހަރަމްފުޅު މަތިން ފެންނަ ފޮޓޯއެއް
ހައްޖު ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަސް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފި އެވެ.

ޙައްޖު ދުވަހުގެ މާތްކަމާ ގުޅޭ ގޮތުން މިއަދުކީ ޚުތުބާގައި ބުނީ، އަހަރު ތެރޭގައިވާ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސްކަމަށްވާއިރު އެ ދުވަހަކީ އަރަފާތު ދުވަސް ކަމަށެވެ. އަދި، އެއީ ހައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަސްކަން ވެސް ވަނީ ހުތުބާގައި ފާހަގަކުރައްވައިފަ އެވެ.

މީގެ އިތުރުން، ހުތުބާގައި ބުނީ އަރަފާތު ދުވަހު ޙައްޖުވެރިން ނޫން މީހުން ރޯދަ ހިފުން މުސްތަހައްބުވެގެންވާ ކަމަށެވެ.

"އަރަފާތު ދުވަހުގެ ރޯދައާ ބެހޭ ގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ ހަދީޘްކުރައްވާފައިވެ އެވެ. يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ މާނައީ: "(އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ) އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނީ، އަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތް ﷲ އެ ކަލާންގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަސް ކަމަށެވެ. އަދި، އެ ދުވަހު ޙައްޖުވެރިން އަރަފާތުގައި ތިބޭއިރު މާތް ﷲ އެ ކަލާންގެ މަލާއިކަތުން ހެކިކުރައްވައި އެ ކަލާންގެ އަޅުތަކުންގެ ފާފަ ފުއްސަވައިދެއްވާނެ ކަމަށް ވެސް ހުތުބާގައިވަނީ ބުނެފަ އެވެ.

"އަރަފާތު ދުވަހުގެ ރޯދައާ ބެހޭ ގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ ހަދީސް ކުރައްވައިފައި ވެއެވެ. "އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެކެވެ،"

އަދި މާތް ނަބިއްޔާގެ މައްޗަށް ސަލަވާތް ކިޔެވުން ގިނަ ކުރުމާއި ހަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކަށް ވިސްނައި ފާފަފުއްސަވައިދެއްވައިތޯއާއި ނަރަކައިން މިންޖުކޮށްދެއްވުން އެދި ގިނަގިނައިން ދުއާ ކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

އަރަފާތު ދުވަހަށް ވުރެ ގިނައިން اللهُ تَعَالَى އެކަލާނގެ އަޅުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވާކަން ފާގަފަކޮށް އެ ދުވަހު އެ ޖަމާއަތުގައި ބައިވެރި ނުވެވޭ މީހުން ވެސް އެ ދުވަހު ގިނަގިނައި ޒިކުރުކުރުމާއި ދުއާކުރުމާއި ރޯދަހިފުމާއި އެ ނޫން ވެސް ހެޔޮ ޢަމަލު ގިނަކުރުމާއި ހައްޖުގެ ދުވަހު އަރަފާތުގައި ހުރުމުގެ ނަސީބު ދެއްވައިތޯ ވެސް ދުއާ ކުރުމަށް ވެސް ހުތުބާގައި ގޮވާލާފައިވެ އެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ. 
މިއަދު ހައްޖުވެރިން އަރަފާތު ބިމަށް ދަން ދަތުރު ފަށާނެ އެވެ. މާދަމާ ހައްޖުވެރިން ހޭދަކުރާނީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ އަރަފާތު ބިމުގައި އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގެ މުހިންމު ރުކުންތައް ފުރިހަމަކުރުމުގެ ދަތުރު ދިވެހި ހައްޖުވެރިން ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން މިހާރު ހައްޖުވެރިން ތިބީ "ޓެންޓް ސިޓީ"ގެ ގޮތުގައި އަބަދުވެސް މަޝްހޫރު މިނާގެ ފޭލިގެތަކުގަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު