
ހޯރަފުށީ ސިއްހީ މަރުކަޒަށް އެންބިއުލަންސް ލިބޭތީ އެކަމާއި އުފާކޮށް އެ މަރުކަޒުން ކުރި ޕޯސްޓަކަށް ރައްދުދީ އެ ރަށު ޒުވާނަކު ކުރި ޕޯސްޓެއްގައި ބުނީ އެމްބިއުލާންސެއް ލިބުމަކީ "ބޮޑު ކުރިއެރުމެއް" ކަމަށް ދެކޭ ސިޔާސަތު ބަދަލުކުރަން ވެއްޖެ ކަމަށެވެ. "އެމްބިއުލާންސަކީ އަސާސީ ހިދުމަތެކެވެ. އެއީ އިއްޒަތްތެރި ރައީސަށާއި ވަޒީރަށް ޝުކުރު ސަޖިދަ ޖަހަންޖެހޭ ވަރުގެ "ހަދިޔާއެއް" ނޫނެވެ. އެ ޒުވާނާގެ ޕޯސްޓްގައި ލިޔެފައިވެ އެވެ.ކޮންމެއަކަސް ރަށާއި ގައުމުގެ ހައްގުގައި ޒުވާނުންގެ "ވަކާލާތު" މިފަދައިން ވާނަމަ އަދި ސިޔާސީ "ރަންޑިން" ނަށް ޒުވާނުން "ބޯގުދު" ކުރާލެއް މަދުވެއްޖެ ނަމަ ރާއްޖޭގެ މުސްތަގުބަލް އުޖާލާވެ މާއްދާ ހަތަރެއްގައި ބުނާ ރައްޔިޔުންގެ ބާރު ގަދަވާނެ އެވެ. ޒުވާނުން މިއަދު ވާންވީ ރަށާއި ގައުމުގެ ހައްގުގައި ހައްގު ބަސް ބުނާ އަދި ބުނަށް ކެރޭ ކުދިންނަށެވެ. އޭރަށް ޝުކުރިއްޔާ ރައީސް ޝުކުރިއްޔާ އެމްޕީގެ ޕޯސްޓްތައް ފެންނަލެއް މަދުވާނެ އެވެ.