ޚަބަރު
ފްރީމާކެޓް ސިޔާސަތު ތަންފީޒުކޮށް، ޕްރައިވެޓް ސެކްޓާ ފުޅާކުރާނަން: އުމަރު
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު -- ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން
މާތްﷲ ގެ ވާގިފުޅާއެކު 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖެއަށް ފްރީމާކެޓްގެ ސިޔާސަތު ތަންފީޒު ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. 

ވިޔަފާރީގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވާފައިވާ އުމަރު ނެރުއްވި ވީޑިއޯ މެޖެސެއްގައި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސަރުކާރުން ކުރަމުން ގެންދާ ވިޔަފާރިތައް ހުއްޓާލައި، ޕްރައިވެޓް ސެކްޓާގެ އަތްމައްޗަށް އެ ވިޔަފާރިތައް ބަދަލުކުރެވޭނެ ކަމަށެވެ. 

ހަމައެހެންމެ ހުރިހާ ބާވަތެއްގެ ޓެކްސް ކުޑަކޮށް، ހުރިހާ ބާވަތެއްގެ ފީތައް ކުޑަ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަދި ބިމު ކުލީގެ ގޮތުގައި ދައުލަތަށް ނަގާ ފައިސާތައް ކުޑަ ކުރެވޭނެ. މިކަން ކުރުމަށްޓަކައި ސަރުކާރުގެ ޚަރަދުތައް އަޅުގަނޑު ކުޑަ ކުރާނަން. ފްރީމާކެޓް ޕްރިންސިޕަލަށް އަމަލުކުރަން ފެށީމަ، ރާއްޖޭގެ ޕްރައިވެޓް ސެކްޓާ އާދަޔާ ޚިލާފަށް ވުރެ ބޮޑަށް ފުޅާވެގެންދާނެ،" އުމަރު ވިދާޅުވިއެވެ.

މާތް ﷲ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ އިގްތިސޯދަކީ ކުރިއަރަމުން އަންނަ ދުޅަހެޔޮ އިގްތިސޯދަކަށް ހައްދަވައިދެއްވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ޝުއޫރު
67%
0%
0%
33%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު