ޚަބަރު
ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދަށް
ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުކުރި ގާޒީ އާދަމް މުހައްމަދު
ކްރިމިނަލް ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ މިއަދު ހަވާލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ހިންގުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ގާޒީ އާދަމް އާ ހަވާލުކުރަން ނިންމީ، އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުމާ ގުޅިގެންނެވެ. 

ގާޒީ އާދަމް މުހައްމަދަކީ މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓަށް އައްޔަންކުރި ގާޒީ އެކެވެ. އޭގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ދިފާއީ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަކަށް އެންމެ ފަހުން ހުންނެވި އަހުމަދު ހައިލަމް މިދިޔަ އަހަރުގެ ނޮޮވެމްބަރު މަހު ސަސްޕެންޑްކުރި ފަހުން އެ ކޯޓު ހިންގަވަމުން ގެންދެވީ ގާޒީ އަލީ ރަޝީދެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު