ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޝަހީދު ހުސައިން އާދަމްގެ ބައްޕައަށް ގުޅުއްވައި ރައީސް ޝުކުރުއަދާކުރައްވައިފި
މަރިޔަމް އަނާ
03 ނޮވެމްބަރ 2020 - 20:35
0
comments
ޝަހީދު ހުސައިން އާދަމް
Tweet
Telegram
ޝަހީދު ހުސައިން އާދަމްގެ ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުހައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ފޯނުން ގުޅުއްވައި، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ހުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރުއަދާކުރައްވައިފިއެވެ.
ޝަހީދު ހުސައިން އާދަމްއަަށް ފޯނުން ގުޅުއްވައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަމުން ވަނީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހިންގެ މަދު ބަޔަކާއި ބޭރުގެ ނިރުބަވެރި ޖަމާޢަތަކާއި ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި، މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހި ޤަައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ފުރާނަ ޤުރްބާން ކުރައްވައި، އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފަނޑުވެގެން ދާނެ ޖިހާދެއް ނޫންކަން ވިދާޅުވެފައެވެ.
އަދި ޝަހީދު ޙުސައިން އާދަމަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ.
ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިފައިންގެ މައި އިމާރާތު ހިމާޔަތް ކުރުމަށް ރައްދުގައި ހަމަލާ ދެމުންދަނިކޮށް ހުސައިން އާދަމް ޝަހީދުވީ އުމުރުން 19 އަހަރުގައެވެ.
ފުލުހުންގެ މައި މަރުކަޒަށް "ޝަހީދު ޙުސައިން އާދަމް ބިލްޑިން" ގެ ނަން ދީފައި ވަނީ ޝަހީދު ހުސައިން އާދަމްގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ނޮވެމްބަރު 3 ގެ ހަމަލާ ނާކާމިޔާބުވީ ދިވެހި ސިފައިން ހުއްޓުމެއް ނެތި ދިން ހަމަލާތަކާ ގުޅިގެންނެވެ. ސްރީ ލަންކާގެ އުތުރުގައި ތަމަޅައިންގެ އަމިއްލަ ދައުލަތެއް ގާއިމްކުރަން ހަނގުރާމަކުރި އެއް ޖަމާއަތް ކަމަށްވާ ޕްލޯޓްގެ ހަނގުރާމަވެރިން މާލޭ ބަނދަރުގައި އޮތް "ޕްރޮގްރެސް ލައިޓް" ބޯޓު ރަހީނުކޮށް، ރޭގަނޑު ފިލައިގެން ދިޔައީ އިންޑިއާ ސިފައިން މާލެއަށް ފޭބުމުގެ ކުރިންނެވެ. އެކަމަކު ދިވެހިންގެ ތެރެއިން އެންމެ އިސްކޮށް ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެހެން ޓެރަރިސްޓުން އަތުލައިިގަތީ އިންޑިއާ ސިފައިންނާއި އެމީހުންނާ ދެމެދު ކަނޑުމަތީގައި ހަމަލާތަކެއް ބަދަލުކުރުމަށް ފަހު އެވެ.
ނޮވެމްބަރު 3 ގެ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މެންބަރަކަށް އިނާޔަތެއް ދެނީ
6 މަސް ކުރިން
0
މިނިވަންކަން ދިފާއުކުރަން ސިފައިން ތިބީ ގުރުބާން ވާން ތައްޔާރަށް
6 މަސް ކުރިން
0
ޝަހީދުންގެ އާއިލާތަކަށް އެލަވެންސްދީ، ހައުސިން ޕްރޮގްރާމެއް ފަށަނީ
6 މަސް ކުރިން
0
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތެލާއި، ކެނަބިހާއި، ހެރޮއިން ހިމެނޭހެން 2 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން
0
އަތޮޅުތެރޭގެ އޭޓީއެމްތަކަށް ހަތަރުމަސް ތެރޭގައި 1.3 ބިލިއަން ޖަމާކުރި
8 ގަޑިއިރު ކުރިން
0
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
12 ގަޑިއިރު ކުރިން
0
މިނިސްޓަރު އަމީނަށް އިތުބާރު އޮތް ކަަމަށް ފާސްކޮށްފި
13 ގަޑިއިރު ކުރިން
0