ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި
އަހުމަދު ނިހާން
03 ނޮވެމްބަރ 2024 - 22:13
0
comments
Tweet
Telegram
ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް ރިޓަޔަޑު މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލަށް އަރުވައިފި އެވެ.
ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތެއްކަމަށްވާ، ނިޝާން ޢަސްކަރީގެ ވެރިކަމުގެ އިއްޒަތް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލަށް އެރުވީ ނަސްރުދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
"ނިށާން އަސްކަރީގެ ވެރިކަން" (ނ.އ.ވ) މިއީ ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީގޮތުން ސިފައިން ކުރާ ހިދުމަތަށާއި، ގައުމެއްގެއިސްތިގްލާލާއި ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުން ހާއްސަ މުހިންމު ހިދުމަތްތަކެއް ކޮށްފައިވާ މީހުންނަށާއި، ބައިނަލްއަގްވާމީ ފެންވަރެއްގައި އަސްކަރީގޮތުން ވިޔަސް، ހިދުމަތްކޮށްފައިވާ މީހުންނަށް ދެވޭ އިއްޒަތެކެވެ. އަދި ސިިފައިންގެ ހިދުމަތުގައި ތިމާގެ ހަށިގަނޑާއި ފުރާނައިން ގުރުބާންވެފައިވާ ޝަހީދުންނަށާއި، އެމީހެއްގެ ޖިހާދުގައި ލާމަސީލު ނަމޫނާއެއް ދައްކައިދީފައިވާ ސިފައިންގެ މީހަކަށްވެސް މިއިއްޒަތް ދެވިދާނެ އެވެ.
ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މޫސާ އަލީ ޖަލީލް ވަނީ ރިޓަޔާ ކުރެއްވުމުގެ ކުރިން ކޯސްޓު ގާޑުގެ ޑައިރެކްޓަރުގެ މަގާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.
31 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ބޭކަލެއްގެ ގޮތުގައި ހިދުމަތް ކޮށްދެއްވި މޫސާ އަލީ ޖަލީލް ރިޓަޔާ ކުރެއްވިއިރު، އޭނާއަށް ވަނީ ނުވަ ކުލަ އާއި 11 މެޑަލް ލިބިވަޑައިގެންފަ އެވެ.
ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ގާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އެރުވޭ އިއްޒަތެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ގަޑިއިރު ކުރިން
0
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
1 ދުވަސް ކުރިން
0
ސައުދީ ފަންޑުގެ ސީއީއޯއަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް
2 ދުވަސް ކުރިން
0
2007އިން ފެށިގެން އުފަންވި ޖީލަށް ދުންފަތް މަނާކުރަން ކެބިނެޓުން ނިންމައިފި
3 ދުވަސް ކުރިން
0
ރައްޔިތުންގެ ސިއްހަތު ސަލާމަތްކޮށް، ޖީލަކަށް ދުންފަތް މަނާކުރަން މިއަދު ކެބިނެޓުގައި މަޝްވަރާކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމަށް އިބްރާހިމް ތައާމު
7 ގަޑިއިރު ކުރިން
0
40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ
8 ގަޑިއިރު ކުރިން
0
އެމްޑީޕީގެ ވެރިކަމެއްގައި އިޒްރޭލު މީހުން އަންނަން އަލުން ހުއްދަދޭނެ: ފަލާހު
10 ގަޑިއިރު ކުރިން
0
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
10 ގަޑިއިރު ކުރިން
0