ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މިނިވަންކަން ދިފާއުކުރަން ސިފައިން ތިބީ ގުރުބާން ވާން ތައްޔާރަށް
އަހުމަދު ނިހާން
03 ނޮވެމްބަރ 2024 - 23:42
0
comments
ސިފައިން ވަރުގަދަ ތަމްރީނެއް ފުރި ހަމަ ކުރަނީ - ފޮޓޯ: އެމްއެންޑީއެފް
Tweet
Telegram
ރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ދިވެހި ސިފައިން ތިބީ ފުރާނައިން ގުރުބާންވާން ތައްޔާރަށް ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ހިލްމީ ވިދާޅުވީ ތިނެއް ނޮވެމްބަރު 1988 ވަނަ ދުވަހު ޝަހީދު ހުސެއިން އާދަމް ދެއްކި އަޒުމާއި ހިތްވަރަކީ ގައުމު ދިފާއުކުރުމުގައި ކޮންމެ ސިފައިންގެ މީހެއްގެ ވެސް އަޒުމާއި ހިތްވަރު ކަމަށެވެ.
ދިވެހި ސިފައިން ތިބީ ގައުމުގެ މިނިވަންކަން ދިފާއުކުރުމުގައި ސާބިތުވެ ކަމަށާއި ސިފައިން ކޮށްފައިވާ ހުވަޔާއި އެއްގޮތަށް ސާބިތުކަންމަތީ ތިބިކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވާ ކަމަށް ހިލްމީ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނަށް މި އަރުވާ ޔަގީންކަމަކީ، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައި އަޅުގަނޑުމެން ދިވެހި ސިފައިން މިތިބީ ފުރާނައިން ގުރުބާން ވާން ވެސް ތައްޔާރަށްކަން،" ހިލްމީ ވިދާޅުވި އެވެ.
ބަންޑާރަ ކޮއްޓަށް ހަމަލާދެމުން ދިޔަ ވަގުތުގެ ހަނދާންތައް އަދި ވެސް ނުފިލާ ކަމަށާއި ރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ކުރި ހަނގުރާމަ ހަނދާނަށް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ނަސްރު ލިބުނު ދުވަހުގެ ބަތަލް، ޝަހީދު ހުސެއިން އާދަމްގެ ހަނދާންތައް އާކުރައްވަމުން ހިލްމީ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީނަށް ނަސްރު ހޯދައިދިނުމަށް ހަމަލާދެނިކޮށް 20 އަހަރުގެ ޒުވާނާ އެ ދުވަހު ޝަހީދުވީ ހަމަލާދޭން ފެށިތާ ވިއްސަކަށް މިނެޓު ފަހުން ކަމަށެވެ.
ހިލްމީ ވިދާޅުވީ އެއީ ސިފައިންގެ ކޮންމެ މީހެއްގެ އަޒުމް ކަމުގައި ހަދަންޖެހޭ ކަމަށެވެ.
"މިއީ ގައުމު ދިފާއު ކުރުމުގައި މިއަދު އަޅުގަނޑުމެން، ކޮންމެ ސިފައިންގެ މީހަކު ވެސް އަޒުމް، އަޅުގަނޑުމެން ކޮންމެ ސިފައިންގެ މީހެއްގެ ވެސް ހިތްވަރު. މާތްﷲ އިރާދަފުޅާ އެކު އަޅުގަނޑުމެން ދިވެހި ސިފައިން މި ތިބީ މި ގައުމުގެ މިނިވަންކަން ދިފާއުކުރުމުގައި ސާބިތުވެ،"
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިިޔާކުރަނީ
13 ދުވަސް ކުރިން
0
ރޯވި ބޯޓުން ދަތުރު ކުރި އެކަކު ގެއްލިގެން ހޯދަނީ
13 ދުވަސް ކުރިން
0
މުދާ އުފުލާ ބޯޓެއްގައި ވަރަށް ބޮޑަށް ރޯވެ އަނދައިފި
18 ދުވަސް ކުރިން
0
ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ފަށައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމަށް އިބްރާހިމް ތައާމު
7 ގަޑިއިރު ކުރިން
0
40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ
8 ގަޑިއިރު ކުރިން
0
އެމްޑީޕީގެ ވެރިކަމެއްގައި އިޒްރޭލު މީހުން އަންނަން އަލުން ހުއްދަދޭނެ: ފަލާހު
10 ގަޑިއިރު ކުރިން
0
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
10 ގަޑިއިރު ކުރިން
0