ޚަބަރު
މިއަދުވެސް 59 މީހުން ޕޮޒިޓިވް، ރިސޯޓުތަކުން 33 ކޭސް
މިއަދު ރާއްޖެއިން ކޮވިޑް19އަށް 59 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރެއިން 33 މީހުން ޕޮޒިޓިވްވެފައި ވަނީ ރިސޯޓުތަކުންނެވެ.

އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އަލަށް ޕޮޒިޓިވްވި 59 މީހުންގެ ތެރެއިން 33 މީހުން ޕޮޒިޓިވްވެފައިވަނީ ރިސޯޓްތަކުންނެވެ. މީގެ ތެރޭގައި އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ޕޮޒިޓިވްވި 27 މުވައްޒަފުން ހިމެނެއެވެ. މާލެ ސަރަހައްދުން 17 މީހުން ޕޮޒިޓިވެފައިވާއިރު، ރަށްރަށުން ޕޮޒިޓިވްވިކަމަށް ހާމަކޮށްފައިވަނީ 9 މީހުނެނެވެ.

މިއާއެކު ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 14277އަށް އިތުރުވެ އެކްޓިވް ކޭސްތަކުގެ ޢަދަދުވަނީ 783އަށް އަރާފައެވެ. އޭގެ ތެރެއިން 54 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ދެނެގަތުމައްޓަކައި ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި 3318 ސާމްޕަލް ނަގާފައިވާއިރު، މިހާތަނަށް ރާއްޖޭގައި ނެގި ސާމްޕަލްތަކުގެ ޢަދަދުވަނީ 351491 އިތުރުވެފައެވެ.

ކޮވިޑް-19ގެ ހާލަތު އަނެއްކާވެސް ގޯސްވާފަދަ މަންޒަރުތަކެއް ފެންނަންފަށާފައިވާއިރު، ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ، 49 އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު