ޚަބަރު
މެރިޓައިމް ސްޓަޑީޒްގައި އެންމެ ފަހުގެ ނެވިގޭޝަން ސްމިއުލޭޓާ ތައާރަފްކޮށްފި
އެމްއެންޔޫ އިން ތައާރަފްކުރި ނެވިގޭޝަން ސިމިއުލޭޓަރު -- ފޮޓޯ: އެމްއެންޔޫ
ގައުމީ ޔުނިވަރސިޓީ (އެމްއެމްޔޫ) އިން ޒަމާނީ ނެވިކަމަށް ބޭނުންކުރާ އެންމެ ފަހުގެ ސްމިއުލޭޓާ އިފްތިިތާހްކޮށްފި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބޭއްވި ރަސްމިއްޔާތެއްގައި، "ދަ ނެކްސްޓް ޖެނެރޭޝަނަލް ސިމިއުލޭޓަރު" އިފްތިތާހުކޮށްދެއްވީ ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެވެ. މިއީ މި ދާއިރާގައި ކިޔަވާ ދަރިވަރުންގެ ހުނަރު ހުރި މިންވަރު ދެނެގަތުމަށްޓަކައި ބޭނުންކުރާ ސިމިއުލޭޓަރެއް ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

އެމްއެންޔޫއިން ބުނީ އެ ވަސީލަތުގެ ސަބަބުން ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް ގައި ދެވޭތަމްރީނު ތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި އަދި މިއަހަރުތެރޭގައި އިތުރު ކޯސްތައް ފެށިގެންދާނެ ކަމަށެވެ.

އެމްއެންޔޫ އިން ބުނީ މި ސިސްޓަމްއާ އެކު ސެންޓާ ފޮ މެރިޓައިމް ސްޓަޑީޒް އިން ހިންގާ ތަމްރީންތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ. އަދި މި އަހަރު ތެރޭގައި މާސްޓާ އެންޑް ޗީފްމޭޓް ކޯހާއި އިލެކްޓްރޯނިކް ޗާޓް ޑޭޓާ އެންޑް އިންފޮމޭޝަން ސިސްޓަމްސް (އީސީޑީއައިއެސް) އާއި ބްރިޖް ޓީމް މެނޭޖްމެންޓް (ބީޓީއެމް) ފަދަ އާ ކޯސްތައް ތައާރަފްކުރާނެ ކަމަށެވެ.


އެމްއެންޔޫއިން އިތުރަށް ބުނީ އެޑްވާންސްޑް ޑިޕްލޮމާ އިން ނޯޓިކަލް ސައިންސް ބެޗެލަރ އޮފް ސައިން އިން މެރިން އޮޕަރޭޝަންސް މެނޭޖްމެންޓް ފަދަ ކޯސްތައް ވެސް ފަރުމާކުރުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށެވެ.





ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު