
އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން މި މަހުގެ ކުރީކޮޅު ވަނީ އަމީންގެ ބަންދު މުރާޖައާ ކުރަން ހުށަހެޅުމުން އެކަށީގެންވާ ބޭސް ފަރުވާ ލިބެން ނެތް ކަމަށް ބުނެ އޭނާ ގޭ ބަންދަށް ބަދަލުކުރަން އަމުރުކޮށްފައެވެ.އަމީން ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމީ ކްރިމިނަލް ކޯޓްގެ އިސްގާޒީ އަހުމަދު ޝަކީލެވެ. އަމީން ގޭ ބަންދަށް ބަދަލުކުރަން އެންގުމުން އެ އަމުރު ކުރެއްވި އިސް ގާޒީ އަހުމަދު ޝަކީލްގެ މައްސަލަ އާންމު ފަރާތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް އޮތީ ހުށަހަޅައިފަ އެވެއެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަމީނަށް ޖަލުގައި ގަސްދުގައި ފަރުވާ ނުދީ ލަސް ކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަމަށާއި އަދި ގޮޅިން ބޭރަށް ނުނެރުން ފަދަ ކަންކަމަކީ ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ކުށުގެ ތުހުމަތުގައި ތިބޭ ނުވަތަ ދައުވާލިބޭ މީހުން ގޭ ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށާއި އެހެންވެ، ގެއިން ނުނިކުންނަ ޝަރުތުކޮށް އަމީން ދޫކޮށްލަން ކުރި އަމުރަކީ އޭނާ ގޭ ބަންދުކުރަން ނެރުނު އަމުރެއް ކަމަށް އެ ހުކުމުގައިވެ އެވެ.އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ އަމީން ގޭ ބަންދަށް ބަދަލު ކުރަން ނެރުނު އަމުރު ބާތިލްކޮށް، އަދި އޭނާ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރު ދަމަހައްޓާ ކަމަށެވެ. އެކަމަކު ބަންދުގައި ހުންނައިރު، ގައިދީންނަށް ލިބޭ އިނާޔަތްތައް އޭނާއަށް ވެސް ދިނުމަށާއި އަދި ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ކަރެކްޝަންސް އިން ހަމަޖައްސަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.އަމީންއާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ އޭނާއަކީ ވަރަށް ގިނަ ދުވަސްވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވާ އެފަދަ ޖަމާއަތްތަކަށް އެހީތެރިވެދީ ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.