ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައްޔިތުކަން ދޫކޮށްލުމުގައި ކަންބޮޑުވާންޖެހޭކަމެއް އޮތްކަމަކަށް ނުފެނޭ: މައުމޫނު
އިސްމާއިލް ރިޒާ
28 މާޗް 2021 - 18:00
0
comments
Tweet
Telegram
ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދުގައި ދީނީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހުންނަށް ބޭނުން މައުލޫމާތު ހިމެނޭ ގަވާއިދު ނެރެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނުން ބާރު ލިބިގެން، ފޮރިން މިނިސްޓްރީން ނެރެފައިވާ ދިވެހި ރައްޔިތުކަން ދޫކޮށްލުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތުގައި ގިނަ ޝަރުތު ތަކެއް ހަމަވާން ޖެހެ އެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު ސަރުކާރުން ގެޒެޓު ކުރެއްވި ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ޤަވާޢިދު ބެއްލެވި ކަމަށާއި އެޤަވާޢިދުގައި ދީނީގޮތުން ކަންބޮޑުވާންޖެހޭ ކަމެއް އޮތް ކަމަށް ނުފެނޭ ކަމަށެވެ.
ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ވެފައި ވުމާއި ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހެއް ކަމުގައި ވުމާއި އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވުން، ނުވަތަ އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ފަރާތަކަށް ވުން ހިމެނެއެވެ.
އަދި ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާނީ، މިނިސްޓާ އޮފް ފޮރިން އެފެއާޒަށެވެ. ރައްޔިތުކަން ދޫކޮށްލުމުގެ ހުށަހެޅުންތަކާބެހޭ އެންމެހައި ކަންކަން ވިލަރެސްކޮށް ބަލަހައްޓާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ.
ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ ރަނގަޅަށް ފަހުމުވެފައި ވާކަން ކަށަވަރު ކުރުމަކީ، ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހާގެ ޒިންމާއެއް ކަމަށް އެގަވާއިދުގައި ބުނެއެވެ.
ނަމަވެސް ގަވާއިދުގައި ހުރި ބައެއް މާއްދާތަކާމެދު އިލްމުވެރިންނާއި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ރައްޔިތުކަން ދޫކޮށްލަތާ ހަ މަސް ތެރޭގައި އެހެން ގައުމަކުން ރައްޔިތުކަން ފައިނަލް ނުވެއްޖެނަމަ އޮޓޮމެޓިކުން އެމީހަކަށް ދިވެހި ރައްޔިތުކަން ލިބޭނެ ކަމަށް އޮތް އޮތުމެވެ. އެހެން އެކަންވެއްޖެނަމަ އެ މުއްދަތުގައި އިސްލާމްދީނުން ބޭރުވެ މުރުތައްދުވާ މީހާއަށް އަނބުރާ އިސްލާމް ނުވިޔަސް ދިވެހި ރައްޔިތުކަން ދެވޭނެ ކަން ނުވަތަ ނޫންކަން ގަވާއިދުން ސާފުނުވާ ކަމަށް ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުން ބުނެފައިވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
މެންބަރުން ހަމަނުވާތީ އެމްއާރުއެމް އުވާލައިފި
5 މަސް ކުރިން
0
އަތުވެދާނެ ނުރައްކަލަކަށް ދިވެހިން އަބަދުވެސް ތިބެން ޖެހޭނީ ހޭލާ: މައުމޫން
6 މަސް ކުރިން
0
އެމްއާރްއެމް އުވާލުމުގެ މަރުހަލާ ފަށައިފި
7 މަސް ކުރިން
0
ރަޝިއާ ސަފީރުގެ ނުރުހުން މައުމޫނަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ޑިރެކްޓަ ޖެނަރަލެއް ހޯދަނީ
14 ގަޑިއިރު ކުރިން
0
މިހާތަނަށް ބައި މިލިއަނެއްހާ ގަސް އިންދައިފި
14 ގަޑިއިރު ކުރިން
0
ދަތުރުފަތުރުގެ ހާދިސާތައް ތަހުގީގު ކުރަން ބޯޑެއް
15 ގަޑިއިރު ކުރިން
0
އާ ހިދުމަތްތަކަކާ އެކު އުރީދޫން އަހަރީ ދުވަހުގެ ކެމްޕެއިން ލޯންޗުކޮށްފި
15 ގަޑިއިރު ކުރިން
0