
މައުމޫން މިކަމަށް ގޮވާލައްވާފައިމިވަނީ ފާއިތުވި 24 ގަޑިއިރުތެރޭ ރާއްޖެއިން މި ބައްޔަށް 300 މީހުން ޕޮޒިޓިވް ވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ އެއް ދުވަސްތެރޭ މި ބައްޔަށް ރާއްޖެއިން އެންމެ ގިނަ އަދަދަަކަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ފިޔަވަޅުތަކަށް ލުއި ނުދީ ހަރުކަށި ކުރަން ގޮވާލައްވާފައި ވެއެވެ. ރައީސް މައުމޫން ވަނީ ކޮވިޑްގެ ނުރައްކާ ބޮޑުވެ ހާލަތު ގޯސްވުމުގެ ކުރިން އެކަމަށް ސަމާލުވާން ވެސް އިލްތިމާސް ކުރައްވާފަ އެވެ.މައުމޫން ވަނީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން އެ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ލުއިކުރާ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް މައުމޫންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހާމަކުރައްވަ އެވެ. އިއްޔެގެ އަދަދު ތަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ މީހުންގެ އަދަދު މިވަނީ 24،379 އަށް އަރާފައެވެ. 21،282 މީހުން ބަލިން ރަނގަޅުވެފައިވާ އިރު 101 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަަނަށް މިބަލީގައި 67 މީހަކު ވަނީ މަރުވެފައެވެ.300 ޕޮޒިޓިވް ކޭސް ފާއިތުވި 24 ގަޑިއިރުތެރޭ ފެނިފައިވާއިރު، އެޗްޕީއޭ އިން މިހާރު ވަނީ މާލޭގައި އިއުލާންކޮށްފައިވާ ކާފިއު އުވާލައި ފިޔަވަޅުތަކަށް ލުއިތައް ދީފައެވެ.