
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުޅުވާލީ އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތަކަށް މަޖިލީހަށް ރުހުން ދޭން ނުފެނުމުންނެވެ.ރައީސް އޮފީހުން އޭރު ބުނީ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 11 އަދި 12 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.ނަމަވެސް އެ ދެ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.އެހެންކަމުން މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.