ޚަބަރު
ހއ. ފިއްލަދޫ ކައުންސިލް ރައީސް ހުވާކުރުން ފަސްކުރަން ކޯޓުން އަމުރުކޮށްފި
ހއ. ފިއްލަދޫ ކައުންސިލްގެ އިންތިހާބީ ރައީސް ހުވާ ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ހައި ކޯޓުން އެގޮތަށް ހުކުމްކުރީ އެ ކޯޓަށް ހުށަހެޅިފައިވާ އިންތިހާބާ ބެހޭ ޝަކުވާގެ މައްސަލައިގެ ހުކުމްގަ އެވެ.

"އިންތިހާބީ ޝަކުވާގެ މައްސަލަ ނިމުމުގެ ކުރިން ކައުންސިލް ރައީސްގެ މަގާމުގެ ގާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިހާބުގައި ވާދަކުރި އެހެން ފަރާތްތަކުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށް ބެލެވޭ،" އަމުރުގައިވެ އެވެ.

ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު އިރުޝާދުގެ މައްޗަށް އެއް ވޯޓުގެ ފަރަޤަކުން ކުރި ހޯދައި، އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓް ފަތުހުﷲ ހަސަން އެވެ.

ހައިކޯޓުގައި އިންތިހާބީ ހަތް ޝަކުވާއެއްގެ މައްސަލަ ކުރިއަށްދެ އެވެ. އެއީ، ކޮނޑޭ އަދި ފިއްލަދޫގެ އިތުރުން ލ. މާވަށު، ކ. ތުލުސްދޫ، ލ. މާބައިދޫ، ށ. ބިލެއްފަހި އަދި ތ. ކަނޑޫދޫ ދާއިރާއާ ގުޅޭ އެއް އިންތިހާބީ ޝަކުވާތަކެވެ.

ގާނޫނުގައިވާ ގޮތުން، އިންތިހާބީ ޝަކުވާތައް ހައިކޯޓާ ހަަމައަށް ދަނީ އެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްފަހު، އެ ކޮމިޝަންގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެވެ.

އޭޕްރީލް މަހު ބޭއްވި އިންތިހާބުން އިންތިހާބުވި ކައުންސިލަރުން ހުވާކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ހުވާކުރުމުގެ ކަންކަން ބޭއްވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރުވެސް ވަމުންދާއިރު، އެއްވެސް ސަބަބަކާހުރެ ހުވާކުރުމުގެ ކަންކަން މާދަމާ ކުރިއަށްނުދާނެ އެއްވެސް ރަށެއް ނޯންނާކެމަށް އެލް.ޖީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އޮންލައިންކޮށް ނުވަތަ ވަރޗުއަލްކޮށް ކުރިއަށްގެންދާ ރަސްމިއްޔާތުތައްވެސް އެ އޮތޯރިޓީން މޮނިޓަރކޮށް ބަލަމުންދާނެކަމަށް އެލް.ޖީ.އޭއިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު