ޚަބަރު
ކަނޑޫދޫ އާ ކައުންސިލް ހުވާކުރުން ވެސް ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި
ތ. ކަނޑޫދޫ ކައުންސިލަށް އަލަށް އިންތިޚާބުވި މެމްބަރުން ހުވާކުރުން ފަސްކުރަން ހައި ކޯޓުން ރޭ އަމުރުކޮށްފި އެވެ.

އިންތިހާބީ ޝަކުވާގެ މައްސަލާގައި ހައި ކޯޓުން އެ އަމުރު ނެރުނީ އެ ކޯޓުގެ ގަވައިދުގެ 69 ވަނަ މާއްދާއާއި ހަވާލާ ދިނުމަށެވެ. އަދި ކައުންސިލަރުން ހުވާކޮށްފިނަމަ މައްސަލަ ހުށަހެޅި ފަރާތްތަކުގެ ހައްޤަށް އުނިކަން އަންނާނެކަމަށް ބެލެވޭކަމަށް ހުކުމްގައިވެއެވެ.

މިއީ ހައި ކޯޓުން ނެރުނު މިފަދަ ތިން ވަނަ އަމުރު އެވެ. އެގޮތުން މިއަދު ހައި ކޯޓުން މިއަދު ފުރަތަމަ އަމުރުކުރީ ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރުން ފަސްކުރުމަށެވެ. އަދި ދެވަނައަށް އަމުރުކުރީ މާބައިދޫ ކައުންސިލްގެ ރައީސް ހުވާކުރުން ފަސްކުރުމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝަފީއު އެވެ.

ހައި ކޯޓުން ބުނީ އިންތިޚާބީ ޝަކުވާގެ 7 މައްސަލައިގެ ތެރެއިން 3 މައްސަލައިގެ ޙުކުމް މިހާރު ވަނީ އިއްވާފައިކަމަށެވެ. އަދި ޙުުކުމްތައް ހައިކޯޓު ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ.

ނޫނުގައިވާ ގޮތުން، އިންތިހާބީ ޝަކުވާތައް ހައިކޯޓާ ހަަމައަށް ދަނީ އެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްފަހު، އެ ކޮމިޝަންގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެވެ.

އޭޕްރީލް މަހު ބޭއްވި އިންތިހާބުން އިންތިހާބުވި ކައުންސިލަރުން ހުވާކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު