ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު މުޙައްމަދު ސަމީރު، ޑްރަގް ކޯޓަސް ބަދަލުކޮށްފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ސަމީރު ޑްރަގްކޯޓަށް ބަދަލުކުރަން ނިންމީ އެ ކޯޓަށް ބަަލުވުމަށް އޭނާ އެދިވަޑައިގަތުމުންނެވެ.އެގޮތުން އެ ބަދަލު ގެނައީ "ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތްކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުންކަމަށް ޖޭއެސްސީން ބުންޏެވެ.ގާޒީ ސަމީރު ޑްރަގް ކޯޓަށް ބަދަލުކުރުމަށް ނިންމާފައިވަނީ 2021 ޖޫން 6 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 45 ވަނަ ބައްދަލުވުމުގައި އެވެ.ޖޭއެސްސީން މިގޮތަށް ނިންމާފައިވާއިރު ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖޭއެސްސީން މިދިޔަ އޭފްރީލްމަހުވަނީ ހާމަކުރައްވާފައެވެ. ޖޭއެސްސީން އޭރު ބަލަން ފަށާފައިވަނީ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި، އަލްއުސްތާޛު މުޙައްމަދު ސަމީރު ޢަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެެއް ކަމަށް ޖޭއެސްސީން އޭރުވަނީ ހާމަކުރައްވާފައެވެ.