
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި އާއިލާއާ ބެހޭ ގަވާއިދާ ގުޅޭގޮތުން ފެމިލީ ކޯޓުން ހުރި ކަންބޮޑުވުންތައް ވަނީ ފާހަގަކޮށްފަ އެވެ.މިމައްސަލަ ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހްމަދު މައުސޫމު ހާޒިރުވެ ދެއްކެވި ވާހަކަތަކެއްގެ ތެރެއިންނެވެ.މައުސޫމް ކޮމިޓީގައި ވިދާޅުވީ ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި ކައިވެނި ރަޖިސްޓަރީނުކޮށް ތިބުމުގެ ސަބަބުން ވަރަށް ހިތާމަވެރި ކަންކަން ހިނގާފައި އެބަހުރި ކަމަށެވެ."އެއް އަންހެނަކު ތިން ފިރިން ތިބި މައްސަލައެއް. އެއް އަންހެނެއްގެ ތިން ފިރިން އެބަތިބި. މި ކަހަލަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.ދެވަނަ ކައިވެނި ރަޖިސްޓަރީ ކުރަން ކޯޓަށް ހުށަހެޅިއިރު ފުރަތަމަ ކައިވެނީގެ ލިޔުންތައްވެސް ކޯޓުގައި ހުރި ކަމަށާއި އެކަން ކޯޓުން ބަލަައި ގޮތްތަކެއް ނުނިންމަނީސް އަންހެން މީހާ ތިންވަނަ ކައިވެންޏެއްވެސް ކޮށްފައިވާ ކަމަށްވެސް މައުސޫމު ވިދާޅުވި އެވެ.