ޚަބަރު
އީދު ދުވަހު ހަވީރު މާލޭ ސަރަހައްދުގައި އުޅެވޭނީ ފައިމަގުގައި
ކުރިއަށް އޮތް އަލްހާ އީދު ދުވަހު ވެހިކަލް މަނާ ވަގުތުތަކެއް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ އީދު ދުވަހު ފައިމަގުގައި ހިނގާފައި އުޅޭ ވަގުތެއް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތުން އީދު ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. މި އެންގުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ތަންފީޒު ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"މި ނިންމުން އަޅުގަނޑުމެން ނިންމީ، އީދު ދުވަހުގެ އުފާ ރައްޔިތުންނަށް ފުރިހަމައަށް ހޯދައިދިނުމަށް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލްގެ އެ ނިންމުމާ ގުޅޭގޮތުން ޓްރެފިކް ޕޮލިހާވެސް މަޝްވަރާކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

އާންމު ގޮތެއްގައި ކޮންމެ އީދަކާ ދިމާކޮށްވެސް މާލޭ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައެވެ.

މިއަހަރުގެ އަލްހާ އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު