ޚަބަރު
މެމްބަރު ވައްޑޭއަށް އިންޒާރު ދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފި
ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރުކަމުން ވަކިކުރި މުހައްމަދު އަޝްރަފް
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މަރަން ގޮވާލި، ނ. ކުޑަފަރީ ސްކޫލުގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް އިއްޔެ ވަޒީފާއިން ވަކިކޮށްފި އެވެ.

މެމްބަރު ވައްޑެ މަރާލަންޖެހޭ ކަމަށް އަޝްރަފް ފޭސްބުކުގައި ބުނެފައި ވަނީ އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ހިތްހަމަނުޖެހި ގެންނެވެ.

އެކަމާ ގުޅިގެން ޓީޗަރު އަޝްރަފް ފޭސްބުކްގައި ލިޔުނީ ވައްޑޭ ތައުބާވާން އަންގައި އޭނާ އެކަން ނުކޮށްފިނަމަ މަރާލަން ޖެހޭ ކަމަށެވެ.

"މި ސިކު މުރުތައްދު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަން ނުކޮށްފިނަމަ މަރާލަން ޖެހޭ. ދީނަކީ މިފަދަ މީހުން ކުޅޭ އެއްޗަކަށް ހަދާތަން ބަލަން މުސްލިމް ގައުމެއްގެ ރައްޔިތުން ތިބެގެން ނުވާނެ!" އަޝްރަފް ފޭސްބުކްގައި ލިޔެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އަޝްރަފް ސަސްޕެންޑް ކުރީ މޭމަހު 9 ވަނަ ދުވަހު އެވެ.

އެ ޕޯސްޓް އެތައް ފަހަރަކު އެޑިޓު ކުރުމަށް ފަހު ފަހުން އޭނާ ވަނީ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު