ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކުޅުދުއްފުށީ އެއާޕޯޓާއި ކުޑަފަރީ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
އިސްމާއިލް ރިޒާ
08 ފެބުރުއަރީ 2022 - 16:01
0
comments
Tweet
Telegram
ހދ. ކުޅުދުއްފުށި އެއާޕޯޓް ސަރަހައްްދުގެ ގޮނޑުދޮށް އަދި ނ. ކުޑަފަރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެ ދެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެއެވެ.
ކުޅުދުއްފުށި އެއާޕޯޓް ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން އެ ސަރަހައްދުގައި ޖަހާފައިވާ 590 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް މަރާމާތުކުރުމާއި އުސްކުރުމާއި 292 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ގާއިމްކުުރުމާއި 30 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ގާއިމްކުރުން ހިމެނޭ ކަމަށް އެމްޓީޓީސީސީން ބުނެ އެވެ. މިއީ 42.37 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 200 ދުވަސް ތެރޭގައެވެ.
ކުޑަފަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ އިރު އުތުރު ފަރާތުގައި 100 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ގާއިމްކުރުމާއި ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 618 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓެއް ގާއިމްކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ކުޑަފަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 15.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
ތ. ގުރައިދޫގައި އެއާޕޯޓް ތަރައްގީ ކުރަން ބޭނުންވާ ބިން ހިއްކަން ތައްޔާރުވެއްޖެ
12 ދުވަސް ކުރިން
0
18 އަހަރު ނުފުރޭ ކުއްޖަކު ދުއްވި ޕިކަޕެއް ގޮސް އެރީ އެއާޕޯޓް ފެންސަށް
12 ދުވަސް ކުރިން
0
އެމްޓީސީސީގެ ޑީއެމްޑީއަކަށް ޝަރީފު
17 ދުވަސް ކުރިން
0
ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ހިދުމަތް ފަށަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ އިން ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާ އަދަދު ބޯޑުން ފާސްކޮށްފި
10 މިނެޓް ކުރިން
0
ބައެއް ރަށްތަކުގައި ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި
5 ގަޑިއިރު ކުރިން
0
ރ. މީދޫގައި ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
6 ގަޑިއިރު ކުރިން
0
އައިސީސީއާ ދެކޮޅަށް ޓްރަމްޕް ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
20 ގަޑިއިރު ކުރިން
0