ޚަބަރު
ކުޑަފަރީއާއި މާފަރު ސިއްހީ މަރުކަޒުގެ މަސައްކަތް ކޮންޓްރެކްޓުކޮށްފި
ނ. ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްގީކުރުމަށާއި އެއަތޮޅު މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާ، ޖުމްލަ 10،900،000.93 ރުފިޔާއަށެވެ. މިއީ 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ.

މިނިސްޓްރީގެ ފަރާތުން އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޢަބްދުﷲއެވެ. /ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުޙައްމަދު އާރިފެވެ.

މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް މަސައްކަތުގެ ދަށުން 04 އެނދުގެ ވާޑެއް އިތުރުކުރެވި، ޕްރައިވެޓް ރޫމަކާއި، ނާސް ސްޓޭޝަނާއި، މީޓިން ހޯލާއި، ޕަބްލިކް ހެލްތު ޔުނިޓް ގާއިމްކުރުމާއި، ޕޯޓިކޯ ވެސް ޤާއިމްކުރާނެއެވެ.

މި މަސައްކަތް ނިންމުމަށް ފެނަކައާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައެވެ.

ނ. ކުޑަފަރީ ސިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27.6 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

ކުޑަފަރީގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކުރުމަށް އެމްޓީސީސީއެކު ވެވުނު އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފެވެ. އަދި މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށް އާރްޑީސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާއިން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲއެވެ.

މި އެއްބަސްވުމުގައި ފެނަކައިން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސައުދީއެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު