ޚަބަރު
ސަރުކާރުން ހިބަޅިދޫ އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ބ. ހިބަޅިދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލުކޮށް، އެތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް 50 އަހަރަށް ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިން ހިބަޅިދޫ ސަރުކާރުން އަތުލީ ރަށް ދިނުމުގެ މުގާބިލުގައި ދައްކަން އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތް ތިން މިލިއަން ޑޮލަރު ދައްކާފައި ނުވާ ކަމަށް ބުނެ 2016 ގަ އެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލަ ބިޒްނާސް އިން ހުށަހެޅުމުން 2017 ގައި ސިވިލް ކޯޓުން ހުކުމްކުރީ ހިބަޅިދޫ އަލުން އެ ކުންފުންޏަށް ދިނުމަށެވެ. ނަމަވެސް 2019 ގައި ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ސަރުކާރުން ހިބަޅިދޫ އަތުލީ ރަނގަޅަށް ކަމަށް ނިންމައިފަ އެވެ. އެހެންވެ، ބިޒްނާސްގެ ފަރާތުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ އެވެ.

އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، އެއްބަސްވުން ގާނޫނީ ގޮތުން ފުރިހަމަ ވާނީ ދެ ފަރާތުގެ ނިޔަތާ އެއްގޮތަށް އެއް ފަރާތުން އަނެއް ފަރާތަށް މުގާބިލު ދެވި، އެއްބަސްވުމުގެ މަގުސަދު ހާސިލުވެފައި އޮތުމުން ކަަމަށާއި މި މައްސަލައިގައި އެގޮތަށް ކަންތަތައް ކޮށްފައި ނެތުމުން ދެ ފަރާތުގެދެމެދުގައި އެއްބަސްވުމެއް އުފެދިފައި އޮތް ކަމަށް ނުބެލެވޭނެކަމަށެވެ. 

އެއްބަސްވުން ގާނޫނީ ގޮތުން ފުރިހަމަ ވާނީ ދެ ފަރާތުގެ ނިޔަތާ އެއްގޮތަށް އެއް ފަރާތުން އަނެއް ފަރާތަށް މުގާބިލު ދެވި، އެއްބަސްވުމުގެ މަގުސަދު ހާސިލުވެފައި އޮތުމުން ކަަމަށާއި މި މައްސަލައިގައި އެގޮތަށް ކަންތައް ކޮށްފައި ނެތުމުން ދެ ފަރާތުގެދެމެދުގައި އެއްބަސްވުމެއް އުފެދިފައި އޮތް ކަމަށް ނުބެލެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"މި މުއާމަލާތުގައި ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ނަގުލުވެ އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ މުގާބިލު ލިބިފައިވާ ކަމަށް ބަލަން ޖެހޭ ގާނޫނީ އަސާސެއް ނެތް. މުގާބިލު ބަދަލުވުމަކީ ގާނޫނީ ގޮތުންނާއި ޝަރުއީ ގޮތުން ކޮންޓްރެކްޓެއް އުފެދުމުގެ އެއް އުންސުރު ކަމުގައިވާތީ މިކަމުގެ މައްޗަށް ތަރުތީބުވާނެ ނަތީޖާއަކީ ދެ ފަރާތުގެ ދެމެދުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އުފެދިފައި ނުވުން،" ހުކުމުގައިވެ އެވެ.

އެހެންކަމުން، ހިބަޅިދޫ ނެގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އިއްވެވި ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު ތާއީދު ކުރެއްވި އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު