ޚަބަރު
އެމްއާރްއެމްގެ ޒައީމްގެ މަގާމަށް މައުމޫން ކުރިމަތިލައްވައިފި
މައުމޫން އުފެއްދެވި ޑީއާރުޕީގެ ޒައީމްކަން ވެސް އެމަނިކުފާނު ވަނީ ފުރުއްވައިފަ
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ޒައީމް ކަމަށް އަދި މިހާތަނަށް ކުރިމަތިލެއްވީ ރައީސް މައުމޫން އެކަނި ކަމަށާއި ޕާޓީގެ ރައީސްކަމުގެ މަގާމަށް އެއްވެސް ބޭފުޅަކު އަދި ކުރިމަތިލައްވާފައި ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރްއެމްގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މާދަމާގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވައިލާފަ އެވެ.

ޝަރުތަކީ އެމްއާރްއެމްގެ ދަފްތަރުގައި ހިމެނޭ މެންބަރަކަށް ވުމާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ މެންބަރެއް ނަމަ 30 އަހަރު ފުރިފައި ނުވުމެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ކޮންގްރެސްއަށްފަހު އެ ޕާޓީއިންވެސް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 2005 ގައި ގާނޫނުން ލިބުނު ފަހުން މިހާތަނަށް މައުމޫން އިސްވެ ވަނީ ދެ ސިޔާސީ ޕާޓީއެއް އުފައްދަވައިފަ އެވެ. އެއީ އެންމެ ފުރަތަމަ އެމަނިކުފާނު އުފެއްދެވި ޑީއާރުޕީ އަދި ދެވަނަ އަށް އުފެއްދެވި ޕީޕީއެމެވެ. އެމްއާރުއެމްއަކީ އެމަނިކުފާނުގެ ތިން ވަނަ ޕާޓީ އެވެ.



 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު