
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޔައުގޫބު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ހިދުމަތް، ފުލުހުންގެ އިދާރާއަށް ހޯދަމުން ގެންދާ ކަމަށެވެ. އެފަދަ ބައެއް ކަންތައްތައް އެނގިގެން، ފުލުހުންނަށް ރިޕޯޓްކުރައްވާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އޭނާ ތުހުމަތުކުރެއްވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ހިދުމަތް ފުލުހުން ހޯދަމުން ގެންދަނީ، އެ ފަރާތްތަކުން އެކުށް ކުރާކަން އެނގިތިބެ ކަމަށާއި އެހީ ހިތާމަހުރިކަމެއް ކަމަށެވެ."ޕޮލިސް ސާވިސްއަށް ޚިދުމަތްދޭ ފަރާތްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހިމެނޭ ކަމަކީ ހިތާމައާއެކު މިއަދު އަޅުގަނޑު ފާހަގަކުރާ ކަމެއް،" ޔަޢުޤޫބު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އޭނާއަށް އެނގިވަޑައިގަންނަވާ އެފަދަ ބައެއް ކަންކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާވެސް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަންކަމުގައި ފުލުހުންގެ ޚިދުމަތުން ފިޔަވަޅެއް އަޅާފައިނުވާ ކަމަށްވެސް ޔަޢުޤޫބު ވިދާޅުވިއެވެ.އަދި ފުލުހުންގެ ޚިދުމަތް ބޭނުންކުރަމުންދަނީ މަސްތުވާތަކެތި ވިޔަފާރިތަކުން ލިބޭ ފައިސާ ދޮވުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ކަމަށްވެސް ޔަޢުޤޫބު ވިދާޅުވިއެވެ. އަދި ފުލުހުން އެއް ފަޅިން މަސްތުވާތެކެތީގެ ވިޔަފާރިކުރާ ފަރާތްތައް އަނެއް ފަޅިން އެ ފަރާތްތަކުގެ ވިޔަފާރިއަށް ހިތްވަރު ލިބޭ ގޮތަށް ކަންކަން ކުރާ ކަމަށެވެ."ނަތީޖާއަކަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާ ދޮންނަން، މަނީ ލޯންޑާ ކުރަން ބޭނުންކުރާ ވަސީލަތަކީ މޯލްޑިވްސް ޕޮލިސް ސާވިސް [އަށް ވުން]،" ޔައުގޫބް ވިދާޅުވި އެވެ.މަަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ހިދުމަތް ފުލުހުން ބޭނުންކުރާ ކަމަށް ތުހުމަތުކުރެއްވި ނަމަވެސް އޭގެ ތަފްސީލެއް، މިއަދުގެ ޖަލްސާގައި ނުދެއްވަ އެވެ.މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަހުގީގީ އަދި ކޯޓު މަރުހަލާގެ ތެރެއިން މިނިވަން ވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިފަހުން ވަނީ ހުށަހެޅި އަދި މިހާރުވަނީ އެ މައްސަލައިގެ ބަހުސް ފެށިފަ އެވެ.