ޚަބަރު
ސުޕްރީމް ކޯޓު މާދަމާއިން ފެށިގެން ރިސެސްއަށް ދިޔުމަށް ނިންމައިފި
ސުޕްރީމް ކޯޓު މާދަމާއިން ފެށިގެން ރިސެސްއަށް ދިޔުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުން ބުނީ އެކެއް ޑިސެންބަރުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހާ ހަަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައިކަމަށެވެ. އަދި ރިސެސްގެ މުއްދަތުގައި އެއްވެސް އަޑުއެހުމެއް ކޯޓުގައި ކުރިއަށް ނުދާނެކަމަށް އެ ކޯޓުން ބުންޏެވެ. ނަމަވެސް ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ހާލަތެއް އައިސްފިނަމަ އެ މަސައްކަތެއް ކުރާނެކަމަށެވެ.

ރިސެސްގެ މުއްދަތުގައި އަޑު އެހުންތައް ނުބޭއްވި ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށް އެ ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓު މިއަދު ރިސެސްއަށް ގޮސްފައިވާއިރު، ރައީސް ޔާމީންގެ މަނީ ލޯންޑަރިން ހުކުމުގެ އިސްތިއުނާފް މައްސަލަ ބަލައި އެ މައްސަލައިގެ ހުކުމް މިއަދު އެ ކޯޓުން ވަނީ އިއްވައިފައެވެ.

ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ނަމަވެސް މިއަދު ވަނީ އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފަ އެވެ. އެ ހުކުމުން ރައީސް ޔާމީން މިއަދު ސަލާމަތް ވެފައި ވަނީ މި މައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމާ މެދު ޝައްކު އުފެދި އަދި މުހިންމު ހެކިންތަކެއްގެ ހެކިބަސް ގޯސްކޮށް ނަގައިފައިވުމުންނެވެ. އެ ފައިސާ އަކީ ހަގީގަތް ނޭނގޭ ފައިސާއެއް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅައިފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު