
ސުޕްރީމް ކޯޓުން ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ކުރި ހުކުމުން ހާމަވެގެން ދިޔައީ، ކުރާ ހުކުމަކުން މިސަރުކާރުން ފަނޑިޔާރުން ހައްޔަރުކޮށް، ފަނޑިޔާރުގެއިން ޓިނު ނުގަނާނެ ކަމުގެ ޔަގީންކަން ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ ވިދާޅުވެފައެވެ."މިއަދު ފެނިގެން މި ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން. މި ސަރުކާރުން ފަނޑިޔާރުން ހައްޔަރެއް ނުކުރާނެ. ފުރާޅުން ޓިނެއް ނުނަގާނެ" ޔުމްނާ ވިދާޅުވިއެވެ.ސުޕްރީމް ކޯޓުގެ ޓިނު ނެގުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޓިނު ނަގަން ޖެހުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އޭރުގެ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިފައި މަސައްކަތް ކުރަމުންދިޔަ ޤާސިމް އިބްރާހިމްގެ މައްސަލަ ބަލަމުންދިޔަ ދެ ފަނޑިޔާރުން ކަމުގައިވާ ޢަބްދުالله ސަޢީދާއި ޢަލީ ޙަމީދަށް، ކޮންމެ މީހަކަށް 8 ލައްކަ ޑޮލަރު ދޭން ވިލާ ކުންފުނިން ނިންމި ނިންމުމާއި ގުޅިގެން ކަމަށެވެ."ސުޕްރީމް ކޯޓުން ޓިނު ނެގީ ޤާސިމްގެ މައްސަލަ ބަލަމުންދިޔަ 2 ފަނޑިޔާރުން ކަމުގައިވާ ޢަބްދުالله ސަޢީދާއި ޢަލީ ޙަމީދަށް، ކޮންމެ މީހަކަށް 8 ލައްކަ ޑޮލަރު ދޭން ވިލާ ކުންފުނިން ނިންމުން. އެއީ 1 ފެބްރުއަރީ އަމުރާ ގުޅިގެން ދެވުނު ހަދިޔާ. ޓިނު ނެގުމުގެ ޙަޤީޤަތް އޮޅުވާނުލައްވާ" ހައިލަމް ވިދާޅުވިއެވެ.މި ސަރުކާރުން ފަނޑިޔާރުން ހައްޔަރުކޮށް ފުރާޅުން ޓިނު ނުނަގާނެ ކަމަށް ވިދާޅުވެ ޔުމްނާ އެ އިޝާރާތް ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަކާއި ގުޅިގެން އެ ކޯޓްގެ ދެ ފަނޑިޔާރަކު ހައްޔަރުކުރި ހައްޔަރު ކުރުމަށެވެ. އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އޭރު ހައްޔަރުކޮށްފައިވަނީ ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު އެވެ.