ޚަބަރު
ސިވިލް ކޯޓުގެ ގާޒީ ކަމަށް 23 ބޭފުޅުން ކުރިމަތިލައްވައިފި
ސިވިލް ކޯޓަށް ގާޒީން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރުމާ ގުޅިގެން 23 ބޭފުޅަކު ކުރިމަތިލައްވައިފި އެެވެ.

ސިވިލް ކޯޓަށް ގާޒީން ހޯދަން ޖޭއެސްސީން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ދުވަހުއެވެ. އިއުލާނުގެ މުއްދަތު ހަމަވެފައިވަނީ މިއަދުއެވެ.

އެހެންކަމުން އިއްޔެ ޖޭއެސްސީން ވަނީ ސިވިލް ކޯޓުގެ ގާޒީގެ މާގަމަށް ކުރިމަތިލި ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފައެވެ.

މިވަގުތު ސިވިލްކޯޓުގައި 14 ގާޒީއަކު މަސައްކަތް ކުރައްވައެވެ. އޭގެ ތެރޭގައި ހަތަރު އަންހެން ގާޒީންނާއި ދިހަ ފިރިހެން ގާޒީން ހިމެނެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެެރޭގައި ސިވިލް ކޯޓުގައި މަސައްކަތް ކުރެއްވި ގާޒީ އަލީ ނަސީރު އަދުލު އިންސާފު ގާއިމު ކުރުމުގެ އަސާސީ އުސޫލުތަކާ ޚިލާފުވިކަން ސާބިތުވެފައިވާތީ އޭނާ ވަނީ މެޖިސްޓްރޭޓުގެ މަގާމަށް ޑީމޯޓްކޮށްފައެވެ.

ޑީމޯޓްކޮށް އޭނާ ބަދަލުކުރީ ވ. ފެލުދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ސިވިލް ކޯޓުގެ ގާޒީންގެ އަސާސީ މުސާރަ އަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ވެސް ލިބެ އެވެ.

ގާޒީކަން ކުރައްވާ ބޭފުޅުންނަށް ޖުމްލަ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 45،650 ރުފިޔާ ލިބެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު