
މާޒިޔާގެ ކޯޗުގެ މަގާމު ހުސްވީ ދާދި ފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕަށް ފަހު މާޒިޔާގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) މަގާމުން ވަކިކުރުމުންނެވެ. ޖެސިކް މާޒިޔާގެ ކޯޗަކަށް ކޮންޓްރެެކްޓްގައި ސޮއިކުރީ މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.ޖެސިކްގެ އިތުރުން މާޒިޔާއިން ވަނީ ސާބިއާގެ ފިޓްނަސް ކޯޗެއް ވެސް ގެނެސްފައެވެ. އެއީ ސާބިއާގެ އިތުރުން އެކި ގައުމުތަކުގައި ފުޓްބޯޅައާއި އެހެންކުޅިވަރުތަކުގައި ވެސް ފިޓްނަސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ގޯރާން ގުޒިޖާން އެވެ.ޖެސިޗް ވަނީ އޭޝިއާ އާއި ޔޫރަޕް އަދި އެފްރިކާގެ ކްލަބްތަކަށް ކޯޗްކޮށްދިނުމުގައި ގާތްގަނޑަކަށް 25 އަހަރު ހޭދަކޮށްފަ އެވެ. މެދުއިރުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ މަސައްކަތްކުރި އެވެ. ކޯޗެއްގެ ގޮތުގައި ޖެސިޗް އެންމެ ފުރަތަމަ މަސައްކަތް ފެށީ 1997 ގައި ސާބިއާގެ ރެޑްނިކް ނީސްގަ އެވެ. ކުރީގެ ޔޫގޮސްލޭވިއާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް އޭނާ ވަނީ ކުޅެފަ އެވެ.މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު، ޖެސިކް ވަނީ އީރާނާއި ޔޫއޭއީ، މޮންޓެނެގްރޯ، ޗައިނާ، ލީބިޔާ، މިޔަންމާ އަދި ސައުދީ އަރަބިއްޔާގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. ލީބިޔާގެ އަލް އަހްލީގައި އެންމެ ފަހުން ހުރި، ޖެސިކް އޭގެ ކުރިން ވަނީ އެ ގައުމުގެ އަލް ތަހަދީ އާއި އަލް އިއްތިހާދުގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.ކޯޗިންގައި ޖެސިކްގެ ކާމިޔާބީތަކަށް ބަލާއިރު، އީރާނުގެ ސްފަޒިއޭން އަށް 2000 ވަނަ އަހަރު އަރަބް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނެވެ. ސީއެސްކޭއޭ ސޯފިއާ އަށް ބަލްގޭރިއާ ލީގާއި ކަޕް 2005 އާއި 2006 ވަނަ އަހަރު ކާމިޔާބު ކޮށްދިނެވެ. އޭގެ ފަހުން ބަލްގޭރިއާގެ ލިޓެކްސް ލޮވެކަށް ބަލްގޭރިއާ ސުޕަ ކަޕާއި ބަލްގޭރިއާ ކަޕް ކާމިޔާބު ކޮށްދިނެވެ.ޖެސިކް، މާޒިޔާގެ ކޯޗުކަމާ ހަވާލުވެ، އޭނާ ކުރިމަތިލާނެ ފުރަތަމަ މުބާރާތަކީ މި މަހު 16ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގެވެ. އަދި އަންނަ މެއި މަހު މާޒިޔާއިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާނެ އެވެ.މާޒިޔާ އިން ވަނީ ފުރަތަމަ ޑިވިޝަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އެ ޓީމު ވަނީ ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އެފްއޭ ކަޕް ދެ ފަހަރު އަދިޕްރެޒިޑެންޓްސް ކަޕް އެއް ފަަހަރު ކާމިޔާބުކޮށްފައެވެ.