ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފޯކައިދޫގެ އާ އިންޖީނުގެ ހުޅުވައިފި
އަލީ ރާޒީ
04 ފެބުރުއަރީ 2022 - 12:31
0
comments
Tweet
Telegram
ށ. ފޯކައިދޫގެ އާ އިންޖީނުގެ އާއި ފެނަކައިގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރޭ ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.
އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަސާސީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި، ފެނަކައިން އާ އިންޖީނުގެތައް އިމާރާތް ކުރުމުގެ މަސައްކަތަކީ އެ ވައުދު ފުއްދުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
"ކަރަންޓަށް ޖެހިފައިވާ ހުރި ރަށްތަކުން ކަރަންޓަށް ޖެހިފައިވާ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ރަނގަޅަށް، ފަސޭހައިން ލިބިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ރޭ ވިދާޅުވީ މިސަރުކާރުގައި 39 ރަށެއްގައި މުޅިން އަލަށް ޒަމާނީ އިންޖީނުގެތައް ގާއިމުކޮށް މިހާރު ހިދުމަތް ދެމުންދާ ކަމަށެވެ. އަދި އިތުރު 31 ރަށެއްގައި އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތް ބާރަށް ހިނގަމުންދާ ކަމަށެވެ.
ފޯކައިދޫ އަށް އެންމެ ފުރަތަމަ ކަރަންޓް ދޭން ފެށީ މީގެ 26 އަހަރު ކުރިން 1994 ވަނަ އަހަރު އޭރުގެ ވަޒީރަކަށް އެ ރަށު ރައްޔިތުންގެ ފަރާތުން ދަންނަވައިގެން އެ ރަށަށް ފޮނުވި އެއް އިންޖީނުންނެވެ. އެކަމަކު މިރޭ ފޯކައިދޫ އާ އިންޖީނުގެ ހުޅުވާ ހިދުމަތް ދޭން ފެށުމާ އެކު ރަށު ތެރޭގައި ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ކުރިން ހުރި ބާއިންޖީނުގެއިން އަރަމުން ދިޔަ ކަޅު ދުމާއި ގެދަބުޅިން ރައްޔިތުންނަށް މިދިޔަ 26 އަހަރު ލިބެމުން ދިޔަ އުދަގޫތަކުން އެވަނީ ސަލާމަތްވެފަ އެެވެ.
ފޯކައިދޫ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނޮވެމްބަރު 13، 2019 ގައެވެ. ފެނަކައިން 5.6 މިލިއަން ރުފިޔާ އަށް އެ މަޝްރޫއު ހަވާލުކުރީ ވަލީދު ކޮންސްޓްރަކްޝަނަށެވެ.
މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއް ކަމަށްވާއިރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކައާ އެވެ. އެގޮތުން އެ މަސައްކަތުގެ 99 ޕަސެންޓް ހާސިލުކުރެވިފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.
އިންޖީނުގެތައް ބަދަލުކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތައް ވެސް ފެނަކަ އިން އަންނަނީ ހިންގަމުންނެވެ. އެގޮތުން ސަރުކާރުގެ ފެނާއި ނަރުދަމާގެ ވަޢުދު ފުރިހަމަކުރުމުގެ ގޮތުން، އެޚިދުމަތްތައް ޤާއިމްކުރެވިފައި ނެތް ރަށްރަށުގައި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކައާ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ފަނޑިޔާރުންގެ ސުލޫކީ މައްސަލައާ ގުޅުން އޮތް ހަނީފަށް ފެނަކައިގެ އިސް މަގާމެއް
2 މަސް ކުރިން
0
10 ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަން އިމާރާތްކުރަން ފެނަކަ، އާރުޑީސީ، އެމްޓީސީސީއަށް
2 މަސް ކުރިން
0
ފުލުހުންގެ 75 މަރުކަޒު އަޅަން ސޮއިކޮށްފި
2 މަސް ކުރިން
0
އައްޑޫ އިން ކަރަންޓު ކެނޑޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ
4 ގަޑިއިރު ކުރިން
0
މަނީ ލޯންޑާކުރި ބިދޭސީއެއް ހައްޔަރުކޮށްފި، އެކައުންޓުތަކުން މިލިއަނުން ފައިސާ ދައުރުކުރި
5 ގަޑިއިރު ކުރިން
0
އަޒްމިރާލްދާ އާއި މަހާޒު ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
6 ގަޑިއިރު ކުރިން
0
ފަނޑިޔާރުން ވަކިކުރާ މައްސަލަ ޖޭއެސްސީއިން ބެލީ ގާނޫނާ ހިލާފަށް: ފިލްޒާ
7 ގަޑިއިރު ކުރިން
0