ޚަބަރު
ނޫސްވެރިޔާ ހައްވަ، އެންވައިރަމެންޓް މިނިސްޓްރީ އަށް
ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މީގެ ކުރިން ފާހަގަވި ނޫސްވެރިޔާ، ހައްވާ މުހައްމަދު (ހައްވި)އަށް ސިޔާސީ މަގާމެއް ދީފިއެވެ.

ސަރުކާރުން ހައްވާ މުހައްމަދު އައްޔަނު ކުރީ އެންވަޔަރަމެންޓް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށެވެ. ރާއްޖެ ޓީވީގެ އިތުރުން ހައްވާ މުހައްމަދު ވަނީ އޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމިއުނިކޭޝަން ޑިރެކްޓަރުންގެ މުސާރައަކީ 15،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭއިރު، ފޯން އެލަވަންސްގެ ގޮތުގައި 500 ރުފިޔާވެސް ލިބޭނެއެވެ.

ހައްވައަށް މި މަގާމު ދީފައިވާއިރު، ރާއްޖެޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްްވި ރިޒްނާ ޒަރީރާއި ތަހާރަތު މުހައްމަދު ވަހީދަށް ވެސް ވަނީ ދެ މިނިސްޓްރީއެއްގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމު ދީފައެވެ. އަދި ރާއްޖެ ޓީވީގެ އެހެން ނޫސްވެރިންތަކަކަށް ވެސް ވަނީ ސިޔާސީ މަގާމުތައް ދީފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު