
މެމްބަރު އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ، ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. މެމްބަރު ވިދާޅުވީ، އިންސާނާއަށް ކަރަންޓާއި ފެނާއި ނުލައެއް ނޫޅެވޭނެކަމަށާއި، އެހެންކަމުން މިފަދަ އަސާސީ ހިދުމަތްތަކުން ޖޫރިމަނާ ނެގިގެން ނުވާނެކަމަށެވެ.މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅުގައި އިޔާދަކުރެވެނި ހަކަތަ ގްރިޑަށް ގުޅައިގެން އިޔާދާ ކުރެވެނި ހަކަތަ ބޭނުން ކުރެވޭނެ ފުރުސަތު ނުލިބުނުގެ ޝަކުވާ ބައެއް ރަށްތަކުން ލިބުނު ކަމަށެވެ. ފެނާއި ނަރުދަމާގެ ބިލް އިސްލާހުވެގެން އަންނައިރު ކައުންސިލްތަކަށް ގްރިޑް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދީގެން ނޫނީ ކަރަންޓުގެ އަގު ހެޔޮ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.