
ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅި ކަމުގެ ތުހުމަތުގައި ގައްސާން އާއި ސައީދު އިއްޔެ ހަވީރު ހައްޔަރު ކުރީ މަސްވެރިންގެ ޕާކް ސަރަހައްދުންނެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އެ ދެ މެންބަރުން ވެސް ދޫކޮށްލި އެވެ. ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޕީޕީއެމްގެ ނައިބު ރައީސް ޣައްސާނާއި ޕީއެންސީގެ ނައިބު ރައީސް ސައީދު، ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ޝަރުތުތަކެއް ކަމެއް ހީނާ ވިދާޅެއް ނުވެ އެވެ.ނަމަވެސް ކޯޓުގައި އޮތް "މުއްދަތު މަޖިލިހަށް" އެ ތިން ބޭފުޅުން ހާޒިރުކުރީ ބިޑި އަޅުވައިގެން ކަަމަށް ހީނާ ވިދާޅުވި އެވެ.ޣައްސާނާއި ސައީދު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކާ ހިލާފަށް ކަމަށް އިދިކޮޅުން ބުނެ އެވެ.ޖުމްލަ 17 މީހަކު ހައްޔަރު ކުރި ކަމަށް އިދިކޮޅުން ބުނި ނަމަވެސް، ފުލުހުން އިއްޔެ ބުނީ މުޒާހަރާއިން ހައްޔަރުކޮށްފައިވަނީ 11 މީހުން ކަމަށެވެ.