
މާފަންނުގައި ހުންނަ ގެއެއްގެ ތެރޭގައި 42 ކިލޯގެ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު މައްސަލާގައި ފުލުހުން އެންމެ ބޮޑަށް ތުހުމަތުކުރަނީ ޕީއެންސީގެ ކައުންސިލް މެމްބަރަށް ހުރި އަހުމަދު ހުސެއިން، 39، އަށެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ހޯދިތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ.އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އަލިފުށި ދާއިރާއަށް ވެސް ވާދަކުރި އަހްމަދަށް ކުރި ތުހުމަތާ ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ދިފާއުގައި ބުނީ މަސްތުވާތަކެތި ފެނުނީ އެންމެންނަށް ވަދެވޭ ގޮތަށް ހުރި ތަނަކުން ކަމަށެވެ. އަދި އެއީ އޭނާއާ ދެކޮޅުވެރިކަމެއް އޮތް މީހަކު، ދެރައެއް ދިނުމަށް ޖެއްސި މައްސަލައެއް ކަމަށް ވެސް ބުންޏެވެ.މިމައްސަލައިގައި ކޯޓުގައި ފުލުހުން ބުނެފައިވަނީ، މީނާ ފުލުހުންނަށް ފިލުމަށް އާންމުކޮށް ގެންގުޅޭ ނަމްބަރު ބަދަލުކޮށް، ފޯނުވެސް ބަދަލުކޮށްފައިވާކަމަށެވެ.ކޯޓުން ވަނީ މީނާގެ ބަންދަށް 10 ދުވަސް ދީފައެވެ.އަހްމަދު ހުސައިންގެ މައްޗަށް ފުލުހުން ކުރާ މަސްތުވާތަކެތީގެ ތުހުމަތާ ގުޅިގެން ޕީއެންސީން އިއްޔެ ވަނީ އެ ޕާޓީގެ ކައުންސިލް މެންބަރު ކަމުން އަހްމަދު ހުސައިން ވަކިކޮށް ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ.