އިމްރާން އާއި ސީޕީ އަހުމަދު ގައިދީންނާ އެކު ރޯދަވީއްލައިފި
ފާތުމަތު މަލްހާ
03 އޭޕްރީލް 2022 - 02:04
0 comments
އިމްރާން އަދި އަހްމަދު މުހައްމަދުފުޅު ގައިދީންނާ އެކު މިއަދު ރޯދަވީއްލަނީ -- ފޮޓޯ: ކަރެކްޝަންސް
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ކަރެކްޝަންސް އަހްމަދު މުހައްމަދުފުޅު މިއަދު ކ. މާފުށީ ޖަލުގެ ބައެއް ގައިދީންނާއެކު ރޯދަވީއްލުމެއްގައި ބައިވެރިވެވަޑައިގެންފި އެވެ. މިއީ މި ގޮތަށް ޖަލުގެ ވެރިން ގައިދީންނާ އެކު ރޯދަވީއްލި ފުރަތަމަ ފަހަރު ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ.
މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ރޯދަވީއްލުން އިމްރާން ހޭދަކުރެއްވީ ގައިދީންނާއެކުގައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މިނިސްޓަރު އިމްރާނާއި ކޮމިޝަނާ އޮފް ކަރެކްޝަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު ކ. މާފުށީ ޖަލުގެ ބައެއް ގައިދީންނާއެކު ރޯދަވީއްލުމެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.މި ރޯދަވީއްލުމަށްފަހު ހޯމް މިނިސްޓްރީން ބުނެފައިވަނީ ޤައިދީންގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ދެނެގަތުމަށް ޤައިދީންނާއެކު މިނިސްޓަރު ވަގުތު ހޭދަކުރެއްވި ކަމަށެވެ."ޤައިދީން ރަނގަޅު ބައެއްގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ. އެމަސައްކަތް ހުއްޓާ ނުލާ ކުރަމުން ގެންދާނެ. ޤައިދީންނާއެކު މިއަދު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރި ވަގުތުތަކަކީ އެކަމަށްވެސް ވިސްނައިގެން ކަންކަން ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.އެ ރޯދަވިއްލުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރި ޚަބަރެއްގައި ބުނީ، ގައިދީންނާ އެކު ރޯދަމަހުގެ ފުރަތަމަ ދުވަހު ރޯދަވީއްލަވައި ގައިދީން ހާލަތު ވެސް މިނިސްޓަރު އޮޅުންފިލުއްވެވި ކަމަށެވެ. އަދި މި ރޯދަ މަހުގެ ގައިދީންގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ވެސް މިނިސްޓަރު އެއްސެވި ކަމަށެވެ."ގައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ. އެ މަސައްކަތް ހުއްޓާ ނުލާ ކުރަމުން ގެންދާނެ. ގައިދީންނާ އެކު މިއަދު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރި ވަގުތުތަކަކީ އެ ކަމަށް ވެސް ވިސްނައިގެން ކަންކަން ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް،" އިމްރާން ވިދާޅުވި ކަމަށް އެ ހަބަރުގައިވެ އެވެ.މިނިސްޓްރީން ބުނީ މި ރޯދަ މަހު ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ގައިދީންނާ އެކު، އިމްރާން ބައްދަލުވުންތައް ވެސް ބާއްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު